ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމާއިގުޅޭ

 

އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމާއިގުޅޭ

 

          ކޯވިޑް 19 ގެ ހާލަތަށް ރިއާޔަތްކޮށް ދިރާސީ އަހަރަށް ގެނެވުނު ބަދަލާއި ގުޅިގެން ބައެއް ދަރިވަރުން 2021 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށޭ އިރު އެލް.ކޭ.ޖީ ފުރިހަމަނުކޮށް ޔޫ.ކޭ.ޖީ އަށް ވައްދަން ޖެހޭތީވެ، ޙާއްސަ ޕްރޮގްރާމެއްގެ ތެރެއިން މިކުދިންނަށް 2020 އަހަރުގެ ދެވަނަ ޓާމު (10 ޖަނަވަރީ 2021) ގައި އެލް.ކޭ.ޖީ އަށް ވަނުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

           ވީމާ، 01 އޮގަސްޓް 2021 އަށް 5 އަހަރު ފުރޭ ކުދިންގެ ތެރެއިން ސުކޫލަށް ވެއްދުމަށްބޭނުންވާ ދަރިވަރުންގެ ބެލެނިވެރިން، (ދަރިވަރު ސުކޫލަށް ވެއްދުމަށް ބޭނުންވާ ފޯމު އަދި ލިޔެކިޔުންތައް ފުރިހަމަކޮށް) 31 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސުކޫލު އޮފީހަށް (ފޯމާއި ލިޔެކިޔުންތައް) ހުށައެޅުއްވުން އެދެމެވެ.

 

-          ނޯޓް: ހާއްސަ ޕްރޮގްރާމުގެ ތެރެއިން އެލް.ކޭ.ޖީ އަށް ވައްދާނީ 01 އޮގަސްޓް 2021 އަށް 5 އަހަރު ފުރޭ ކުދިންނެވެ. (އެއީ 01 ޖެނުއަރީ 2016 އިން 01 އޮގަސްޓް 2016 އާއި ދޭތެރޭގައި އުފަންވެފައި ތިބި ކުދިންނެވެ.)

 

14 ޑިސެންބަރު 2020
ހޯދާ