ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ބީސީސީ އޮތެންޓިކް މޯލްޑިވްސް ފިހާރައިގައި ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ކުދި ވިޔަފާރިތަކަށް ހުޅުވާލުން

އިޢުލާން

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)އިން މ. ކަނީރުވިލާގައި ހުޅުވުމަށް ހަމަޖެހިފައިވާ ފިހާރައިގައި ތަކެތި ވިއްކަން ބެހެއްޓުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ. މިއީ ދިވެހި އަތްތެރިމަސައްކަތް ކުރައްވާ ދިވެހިންނަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމު ކުރުމުގެ ގޮތުން ބީސީސީ އިން ކުރަން ނިންމާފައިވާ ކަމެކެވެ. މިކަމާއި ބެހޭ އެންމެހައި މައުލޫމާތު މިއިއުލާނާއިއެކު ހިމަނާފައިވާނެއެވެ.

 

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 24 ޑިސެމްބަރ 2020 ބުރާސްފަތި ދުވަހުގެ 15:00ގެ ކުރިން މިކަމަށް އެދި ޕްރޮޕޯސަލްއާއި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

މިކަމާއި ބެހޭ އިތުރު މަޢުލޫމާތު ހޯދުމަށާއި ޕްރޮޕޯސަލް ހުށަޅާނީ:

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)

މއ. މާދެލި، 6 ވަނަ ފަންގިފިލާ، މަޖީދީ މަގު، މާލެ

ފޯނު:  3305555

އީމެއިލް: [email protected]

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 

13 ޑިސެންބަރު 2020
ހޯދާ