ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (ރ.މީދޫ)

 ވަޒީފާގެ ފުރުޞަތު (ރ.މީދޫ)

މިކޯޕަރޭޝަންގެ ރ. މީދޫ ޕްރޮޖެކްޓަށް ތިރީގައިމިވާ މަޤާމްތަކަށް ވަގުތީ މުވައްޒަފުން ބޭނުންވެއްޖެއެވެ.

 މަޤާމް:

 މޭސަން

 ބޭނުންވާ ޢަދަދު:

 02 (ދޭއް)

 މަޤާމުގެ ގިންތި:

 ވަގުތީ

 ކްލެސިފިކޭޝަން / ރޭންކް:

 އެސިސްޓެންޓް އޮފިސަރ - ގްރޭޑް 3

 މުސާރަ:

 މަހަކު -/4500ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 އެހެނިހެން އެލަވަންސް:-/4500ރުފިޔާ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރ.މީދޫ ޕްރޮޖެކްޓް ސައިޓް

 ފެންވަރު ނުވަތަ ޝަރުތު:

 - އަސާސީ ތައުލީމު ލިބިފައިވުމާއެކު އިމާރާތް ކުރުމުގެ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ އާއި ހުނަރު ލިބިފައިވުން.

 - މަސައްކަތް ކުރުމަށް ޝައުގުވެރިކަން ހުރުމާއެކު މަސައްކަތް ކުރެވޭ ސިއްޙަތެއްގައި ހުރުން.

 ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - ރާނައި ސިމެންތި ޖެހުން.

 - ޕްރޮޖެކްޓްގެ ޝެޑިއުލް އާއި އެއްގޮތްވާގޮތުގެ މަތިން ސިމެންތީގެ އެންމެހާ މަސައްކަތް ކުރުން.

 - ޕްރޮޖެކެޓްގެ ސްޕަވައިޒަރު އަންގާ ޕްރޮޖެކްޓްގެ އެހެނިހެން މަސައްކަތް ކުރުން.

 މަޤާމް:

 ސަޕޯރޓް ސްޓާފް

 ބޭނުންވާ އަދަދު:

 10 (ދިހައެއް)

 މަޤާމުގެ ގިންތި:

 ވަގުތީ

 ކްލެސިފިކޭޝަން / ރޭންކް:

 ސަޕޯރޓް ސްޓާފް - ގްރޭޑް 1

 މުސާރަ:

 މަހަކު -/2500ރުފިޔާ

 އެހެނިހެން ޢިނާޔަތްތައް:

 އެހެނިހެން އެލަވަންސް :-/2500ރުފިޔާ

 އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 ވަޒީފާ އަދާކުރަންޖެހޭ ތަން:

 ރ.މީދޫ ޕްރޮޖެކްޓް ސައިޓް

 ފެންވަރު ނުވަތަ ޝަރުތު:

 - ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަސާސީ ތަޢުލީމު ހުރި މީހަކު ކަމުގައިވުން.

 ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

 - ޕްރޮޖެކްޓް ސައިޓްގައި ކުރަންޖެހޭ އެކިއެކި ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރުން.

 - މެޝިނަރީއާއި ޓޫލްސް ސާފުކުރުމުގެ މަސައްކަތް ކުރުން.

 - ޕްރޮޖެކްޓް ހިންގުމުގައި ތަންތަނަށް ފޮނުވަންޖެހޭ އެކިބާވަތުގެ ތަކެތި ވެހިކަލަށް އަރުވާ ބޭލުން.

 - މަސައްކަތްކުރާ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.

 - ޕްރޮޖެކްޓް ސްޕަވައިޒަރު ދައްކާ ތަފާތު އެކި ލޭބަރ މަސައްކަތްކުރުން.

 ސުންގަޑި:

 މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަނަ ފޯމް ފުރިހަމަކުރުމަށްފަހު، 15 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މި ކޯޕަރޭޝަންގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

 ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ވެބްސައިޓް  www.rdc.com.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިކޯޕަރޭޝަންގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  3. އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  4. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

 އިންޓަވިއު:

 - އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

 - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

 - މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، ޑިސެމްބަރ މަހުގެ ތާރީޚެއްގައިއެވެ.

 އިތުރު މަޢުލޫމާތު: 

 އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މިކުންފުނީގެ 3339060 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

28 ރަބީޢުލްއާޚިރު 1442

12 ޑިސެމްބަރ 2020

 

12 ޑިސެންބަރު 2020
ހޯދާ