ހއ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
މަރާމާތު މަސައްކަތް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

ހއ. އަތޮޅު މަދަރުސާގައި ތިރީގައި މި ދަންނަވާ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކެއް ހޯދުމަށް އިޢްލާނުކުރަމެވެ.

  1. 4 ކުލާސްރޫމުގައި މުށިޖެހުން.
  2. ބްލޮކް 2 ގެ އަސްކަނި ސީލިންގ ކުރުން.
  3. 5000 އަތުރާ ގައު އަމިއްލަ ތަކެތީގައި އަޅާ މަދަރުސާއަށް ގެނެސްދިނުން.

ވީމާ، މި މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަޢްލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ކުންފުނިތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ބަޔާންކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން ބޭނުންފުޅުވާ ކޮންމެ މަސައްކަތަކަށްވެސް ވަކިން އަންދާސީ ހިސާބު ހުޅަހެޅޭނެއެވެ. މިގޮތުން ވަކިވަކި މަސައްކަތްތަކަށް ވަކިން އަންދާސީ ހިސާބު ހުށަހަޅާނަމަ، އަގު ހުށަހަޅާފޯމާއި، މަސައްކަތުގެ ކޯޓޭޝަން އޮންނަންވާނީ ވަކިވަކިންނެވެ. ހުރިހާ މަސައްކަތަކަށް އެއްކޮށް ހުށަހަޅާނަމަ، ޖުމްލަ އަގު ހުށަހަޅާފޯމާއި، ކޯޓޭޝަން ހުށަހަޅަންވާނެއެވެ.

 

ތާރީޚް

ގަޑި

ތަން

ރަޖިސްޓްރީ ކުރުން (ރަސްމީ ދުވަސްތަކުގެ)

2020 ޑިސެމްބަރ 13ން 15 އަށް

ހެނދުނު 8:30 ން މެންދުރު 1:30 އަށް

ހއ. އަތޮޅު މަދަރުސާގެ އޮފީސް

އަންދާސީ ހިސާބު ހުށަހެޅުން

2020 ޑިސެމްބަރ 21

ހެނދުނު: 11:30

ހއ. އަތޮޅު މަދަރުސާގެ މީޓީންރޫމް

  ރަޖިސްޓްރީ ކުރުމަށާއި، އިތުރު މަޢްލޫމާތު ސާފުކުރުމަށް ކަޑައެޅިފައިވާ ވަގުތުގައި މަދަރުސާއަށް ވަޑައިގަތުމަށް ޢުޒުރުވެރިވާ ފަރާތްތަކަށް ތިރީގައިވާ މެއިލް އާއި، ފޯނު ނަމްބަރު ބޭނުންކޮށްގެން މުޢާމަލާތުކުރެވިދާނެއެވެ.

ފޯން: 6500048

އީމެއިލް އެޑްރެސް: [email protected]

އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ލިއުމުން އެކަން ހުށަހެޅުން އެދެމެވެ.

 

27 ރަބީއުލްއާޚިރާ 1442

12 ޑިސެމްބަރ 2020

12 ޑިސެންބަރު 2020
ހޯދާ