އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ހުޅުމާލެ އަދި މާލޭގައި ހުރި މި ކުންފުނީގެ 3 ގުދަނެއްގައި ހުރި ލިޔެކިޔުންތައް މި ކުންފުނީގެ ތިލަފުށީ ގުދަނަށް ބަދަލުކުރުމާބެހޭ

 

 

ހުޅުމާލެ އަދި މާލޭގައި ހުރި މި ކުންފުނީގެ 3 ގުދަނެއްގައި ހުރި ލިޔެކިޔުންތައް މި ކުންފުނީގެ ތިލަފުށީ ގުދަނަށް ބަދަލުކުރުމާބެހޭ

                                ނަންބަރ: IUL-PROC-AS-2020-015


މި ކުންފުނީގެ ހުޅުމާލެ އަދި މާލޭގެ 3 ގުދަނެއްގައި ހުރި އެންމެހައި ލިޔެކިޔުންތައް ތިލަފުށީގައި ހުރި މި ކުންފުނީގެ ގުދަނަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 14:00 އަށް ފެން ބިލްޑިންގގް ގެ 3 ވަނަ ފަނގިފިލާގައި ހުންނަ މި ކުންފުނީގެ މައި އޮފީހަށް، ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މި ކުންފުނީގެ މައި އޮފީހަށް، ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަ ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކައާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައެޅިފައިވާ ސުންގަޑިއަށްފަހު އަންދާސީ ހިސާބު ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނިން އިރުޝާދު ދޭ ގޮތަކަށެވެ.

10 ޑިސެމްބަރ 2020

ޕްރޮކިޔުމެންޓް ސެކްޝަން

ފެން ބިލްޑިންގ، 3ވަނަ ފަންގިފިލާ

އަމީނީ މަގު، މައްޗަންގޯޅި، 20375

މާލެ، ދިވެހިރާއްޖެ

އީމެއިލް: [email protected]    ވެބްސައިޓް: www.aasandha.mv    ފޯން: 3011483      

10 ޑިސެންބަރު 2020
ހޯދާ