މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖިމް އިންސްޓްރަކްޓަރަކު ހޯދުން

ކ. ހުރާ ފިޓްނެސް ސެންޓަރުގައި ފިޓްނެސް ޕްރޮގްރާމެއް ހިންގައިދޭނެ އިންސްޓްރަކްޓަރ އެއް ހޯދުން

ހުރާ ރައްޔިތުންގެ ފިޓްނެސް ސެންޓަރ އަށް 60 ދުވަހަށް، ފިޓްނެސް ޕްރޮގްރާމެއް ހިންގައިދިނުމަށް އިންސްޓްރަކްޓަރެއް ހޯދަންބޭނުންވެއްޖެއެވެ.

ފިޓްނެސް ޕްރޮގްރާމްގެ ތެރޭގައި ފިޓްނެސް ސެންޓަރގައި ހުރި އިކުޕްމަންޓްސް ބޭނުންކުރުމަށް ދަސްކޮށްދިނުމާއި ފިޓްނެސްގެ އެކިއެކި ހުނަރު

ދަސްކޮށްދޭން ޖެހޭނެއެވެ.

ވީމާ، 17 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި އަންދާސީހިސާބު ހުށައެޅުން

އެދެމެވެ. އަދި އެދުވަހުގެ 13:00 ފަހުން އެއްވެސް އަންދާސީ ހިސާބެއް ބަލައި ނުގަނެވޭނެ ކަމުގައިވެސް ދަންނަވާލަމެވެ. އަންދާސީ ހިސާބު

ކެޑުން އޮންނާނީ 20 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހު މާލެއަތޮޅު ހުރާ ކައުންސިލްގައި ޒޫމް ކޮންފަރެސް މެދިވެރިކޮށް ހުރިހާ ބައިވެރިންގެ

ހާޒިރުގައެވެ. ޒޫމް މީޓިން އަށް ބޭނުންވާ ލިންކް މި ކައުންސިލުން ބައިވެރިން ނަށް ފޮނުވާނެވާހަކަވެސް ދަންނަވާލަމެވެ. އަދި މައުލޫމާތު

ކަރުދާސް އިއުލާނާއި ހީރަސްކުރެވިފައިވާނެއެވެ. ފޯނުން މައުލޫމާތު ހޯއްދަވަން ބޭނުންވާ ފަރާތްތަކުން 6640074 / 7993018 ފޯނާއި

ގުޅުއްވައި މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

          މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

08 ޑިސެންބަރު 2020
ހޯދާ