ލ. ހިތަދޫ ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 29 ޑިސެންބަރު 2020 12:26 ގައި ބާތިލް ކުރެވިފައެވެ.


           ނަންބަރ: IUL)GS-183-ADMIN/INDIV/2020/11)

އިޢުލާން

2021 ވަނަ އަހަރަށް ލ. ހިތަދޫ ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

                                            

                    1 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 އާއި ހަމައަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

                      ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 20 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 12:00 ގައި މިސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މިސްކޫލަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

                       މިމަސައްކަތަށް ބީލަން ޙުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައަޅާފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޞިރުވާ ކޮންމެ ބޭފުޅަކަށް ވެސް 1 ފަރާތެއްގެ ނަމުގައެވެ.  މަޢްލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު، ވިޔަފާރި ރަޖިސްޓްރީގެ އަސްލާއި، އައިޑީ ކާޑު ގެންނެވުން އެދެމެވެ. މަޢްލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ފޮނުއްވުމަށް ވެސް ދެންނެވީމެވެ.

                         މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކާ އިޢުލާނު ކުރީމެވެ.

 

                   10  ޑިސެމްބަރ 2020

                   25 ރަބިޢުލްއާޚިރު 1442

                          ޢަބުދުލް މުޢީޒް އަޙްމަދު

                        ( ޕްރިންސިޕަލް)

10 ޑިސެންބަރު 2020
ހޯދާ