މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
2021 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރު ޕްރޮގްރާމް

                       އިޢުލާން

 

 ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމާޒުކޮށްގެން، 2021 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކުޅިވަރު ޕްރޮގްރާމް "މަވެސް މިހުރީ" ގައި ބައިވެރިވުމަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމް ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ މާލޭ ސަރަހައްދުގައި ކަމުގައިވިޔަސް، ކައިރި މުސްތަޤްބަލެއްގައި އަތޮޅު ތެރޭގެ އެކި ސަރަހައްދުތަކުގައި މި ޕްރޮގްރާމް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

 ވީމާ، ފުޓްބޯޅަ، ބެޑްމިންޓަން، އެތުލެޓިކްސް އަދި ސުވިމިންގ ގައި ބައިވެރި ކުރުމަށް ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު، 31 ޑިސެންބަރު 2020 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އޮފީސް (ޔޫތު އެކޮމޮޑޭޝަން ބްލޮކްގެ ގްރައުންޑް ފްލޯރ) އަށް ހުށަހެޅުއްވުން އެދެމެވެ. އޮފީސް ހުޅުވިފައި ހުންނާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 14:00 އަށެވެ. ރަޖިސްޓަރީ ކުރުމަށް ހުށަހަޅާ ފޯމް މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި މިވަނީއެވެ.

ހަމައެހެންމެ، ތިރީގައިވާ ލިންކުން އޮންލައިންކޮށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފައެވެ.

https://forms.gle/vUKCFRhpurRKUw3k9

 

09 ޑިސެންބަރު 2020
ހޯދާ