ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސް ފެކްޓްރީ ހެދުމަށް ބިން ކުއްޔަށް ދޫކުރުން

ފ. ނިލަންދޫގައި މަސް ފެކްޓްރީއެއް ހެދުމަށް 10،000.00 (ދިހަ ހާސް އަކަފޫޓުގެ) ބިން 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ނިންމާފައިވުމާއެކު، އެފުރުޞަތު ހުޅުވާލަމެވެ. މިބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ނިލަންދޫ މަސްކައްކާ ހިއްކުމަށް ބިން ދޫކޮއްފައިވާ ސަރަޙައްދުންނެވެ.

މި ބިމާގުޅޭ ތަފުސީލު، މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުން (www.fncl.gov.mv) ނާއި، ފޭސްބުކް ޕޭޖުން (Faafu Nilandhoo Council Idhaaraa) އަދި ގެޒެޓުން ލިބެން ހުންނާނެއެވެ.  މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2020 ޑިސެންބަރު 08 ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑިގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ކަރުދާސް ނެންގެވުން އެދެމެވެ.

ވީމާ، މިބިން ހޯއްދެވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2020 ޑިސެންބަރު 16 ވަނަ ދުވަހުގެ 11:00 އަށް މިކައުންސިލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާނީ މިއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށެވެ. އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ މިއިދާރާގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުންނާއި ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެއެވެ.

ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވަން ހަމަޖައްސާފައިވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ހަމަޖެހިފައިވާ ގަޑީގައެވެ.

22 ރަބީޢުލްއައްވަލު 1442

07   ޑިސެންބަރު  2020

07 ޑިސެންބަރު 2020
ހޯދާ