ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ބޭނުންވާ ބައެއް ތަކެތި ވިއްކާނެ ފަރާތެއް ހޯދުން

އިޢުލާނު

މި އޮފީހަށް ބޭނުންވާ ބައެއް ތަކެތި ގެނެސްދޭނެ ފަރާތެއް ހޯދުން

މި އޮފީހަށް ތިރީގައި މި ދަންނަވާ ތަކެތި ގަންނަން ބޭނުންވެއެވެ.

5 Nos. Computer System i5

7 Nos. UPS APC BK650-AS

1 Nos. Book Scanner

2 Nos. A3 Flatbed Scanner

4 Nos. Document Scanner

2 Nos. Ethernet Router

މި ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން 2020 ޑިސެންބަރު 15 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން މި އިޢުލާނުގައިވާ މެއިލް އެޑްރެހަށް ތިރީގައިވާ މަޢުލޫމާތާއެކު މެއިލް ކުރުން އެދެމެވެ. މަޢުލޫމާތު ފުރިހަމަ ނުވާ އަދި މުއްދަތު ހަމަވުމުގެ ފަހުން، ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމުގައި ބައިވެރި ނުވެވޭނެއެވެ.

ކުންފުނީގެ ނަން:

ބިޑު ހުށަހެޅުމަށް އަންނަ ފަރާތުގެ ނަން:

އީމެއިލް:

ފޯނު ނަންބަރު:

ބީލަމުގައި ރަޖިސްޓްރީ ވުމަށާއި މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް މެއިލްކުރުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2020 ޑިސެންބަރު 15 ވާ އަންގާރަ ދުވަހުގެ 11:00 ގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ވުމަށްފަހު، 2020 ޑިސެންބަރު 22 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. ބީލަމާ ގުޅޭ މަޢުލޫމާތު ކަރުދާސްތައް މި އިޢުލާނާއެކު ހިމަނާފައިވާނެއެވެ.

24 ރަބީޢުލްއާޚިރު 1442

09 ޑިސެންބަރު 2020
ހޯދާ