ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމަށް

ކޮނޑޭގައި އައުޓްޑޯ ޖިމް ހެދުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހުގެ ވެރިފަރާތް ހޯދުން:

ކޮނޑޭ އައުޓްޑޯ ޖިމް ހެދުމަށް ހަމަޖެހިފައިވާ ބިން ، ކޮނޑޭ ބަނދަރު ސަރަޙައްދުގައި އިމާރާތް ކުރަމުންދާ ކައުންސިލް އިދާރާގެ އައު އިމާރާތުގެ ދެކުން، އެބިމާއި އިންވެގެން ކޮނޑޭ ދިޔަދޫ މަގަށްވާ ގޮތަށް އޮތް 100 ފޫޓް، 100 ފޫޓް ބިމުގައި  01 އިން 03 އަށް ނަންބަރު ޖަހާފައިވާ 03 ފުނަގަހާއި، 01 އިން 09 އަށް ނަންބަރު ޖަހާފައިވާ 09 ރުކުގެ ވެރިފަރާތް ހޯދަން ބޭނުންވެއެވެ. 

ވީމާ، އިސްވެ ދެންނެވުނު ސަރަޙައްދުގައި 01 އިން 03 އަށް ނަންބަރު ޖަހާފައިވާ 03 ފުނަގަހާއި، 01 އިން 09 އަށް ނަންބަރު ޖަހާފައިވާ 09 ރުކަކީ އެއްވެސް މީހަކު އިންދާ ހައްދާފައިވާ ރުއްގަހަށް ވާނަމަ ރުއްގަހުގެ މިލްކްވެރިކަން ސާބިތުކޮށްފައިވާ ލިޔުން 2020 ޑިސެމްބަރ 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކާއެކު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފް ކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6820019 އަށް ގުޅުއްވުން އެދެމެވެ.

09 ޑިސެންބަރު 2020
ހޯދާ