ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

                ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމު ކޮށްފައިވާ ޝެޑްތަކާއި އެހެނިހެން ސައިޓުތަކުގައި ހުންނަ ބައު ދަގަނޑާއި، ތެޔޮ ހުސްކުރި ފީފާ އަދި ބޭނުންކޮށްފައިވާ ބެޓެރި ފަދަ ތަކެތި ކޮންޓްރެކްޓް އުޞޫލުން، 1 އަހަރު ދުވަހުގެ މުއްދަތަށް ގަންނާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.    

ވީމާ، މިފަދަ ތަކެތި ބައްލަވައިގަތުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.   

  • ބީލަން ހުށަހެޅުމާއި ހުޅުވުން: ބީލަން ހުށަހެޅުމާއި، ހުޅުވުން އޮންނާނީ 15 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 15:00 ގައި އެސްޓީއޯ އައިފާނު ބިލްޑިންގ ގެ 4 ވަނަ ފަންގިފިލާގައި ހުންނަ މިކުންފުނީގެ މައި އޮފީހުގައެވެ.

ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވާ ހުރިހާ ފަރާތްތަކުންވެސް ކޮވިޑް 19 އާއި ގުޅިގެން އެޗްޕީއޭއިން ޢާއްމު ކުރައްވާފައިވާ ގައިޑްލައިންއާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުން އެދެމެވެ.

 

              މިބީލަމާއި ގުޅޭ އިތުރު މަޢުލޫމާތު މިއިޢުލާނާއިއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

             އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3331457 ނުވަތަ 3331456 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

08 ޑިސެންބަރު 2020
ހޯދާ