މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ ބޭނުމަށް މުޅިން އައު ވެހިކަލް ތަކެއް ގަތުމަށް

   

އިޢުލާން

މިކުންފުނީގެ ބޭނުމަށް މުޅިން އައު ވެހިކަލް ތަކެއް ގަންނަންބޭނުންވާތީވެ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތެއް ހޯދުމަށް އިޢުލާންކޮށް އެކަމަށް ހުޅުވާލަމެވެ.

ބޭނުންވާ ވެހިކަލް ތަކުގެ ތަޕްސީޅް:

 

ބޭނުންވާ އަދަދު

ތަޕްސީލު

01

02 (ދެއެއް)

02 ޓަނުގެ ޕިކަޕެއް (Toyota Dyna, Suzuki, Mazda, Isuzu, Honda, Nissan, Hyundai)

02

01 (އެކެއް)

350 ކިލޯގެ ޕިކަޕެއް (Toyota Dyna, Suzuki)

 

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ  ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާއި އެއްގޮތްވާ ގޮތުގެމަތިން، ހާޟިރުވެ ވަޑައިގެން   މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

14 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:30 އަށް

އަންދާސީ ހިސާބު ހުށަހެޅުމަށް

21 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:30 އަށް

ނޯޓް:

  • އަގު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވަން ކަންޑައެޅިފައިވާ ވަގުތު ފާއިތުވުމުގެ ފަހުން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދެންނެވީމެވެ.
  • މި ޢިއުލާނާއި ގުޅިގެން އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3335614 މެދުވެރިކޮށް ޕްރޮކިއުމަންޓް ޑިޕާރޓްމެންޓް އަށެވެ. އަދި މެއިލް މެދުވެރިކޮށްނަމަ [email protected]  އަށެވެ.
  • މި އިޢުލާނާއި އެކު ޓާރމްސް އޮފް ރެފަރެންސް އެޓޭޗް ކުރެވިފައިވާނެވެ.
  • މަޢުލޫމާތު ސާފުކުރުމާއި އަގު ހުށަހަޅަން ވަޑައިގަންނަވާނީ މޯލްޑިވް ގޭސް ހެޑް އޮފީސް (އެސް.ޓީ.އޯ ޓްރޭޑް ސެންޓާރ 2 ވަނަ ފަންގިފިލާ) އަށެވެ.  

07 ޑިސެމްބަރ 2020،

އެސް.ޓީ.އޯ ޓްރޭޑް ސެންޓަރ،# 02-21  (2 ވަނަ ފަންގިފިލާ)

އޯކިޑް މަގު

މާފަންނު

މާލެ، ދިވެހިރާއްޖެ

ފޯން:3335614

07 ޑިސެންބަރު 2020
ހޯދާ