މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން
ދިވެހިރާއްޖެ
OIC) Islamic University of Technology (IUT) Programs 2020/2021 / Bangladesh)

(OIC) Islamic University of Technology (IUT) Programs 2020/2021 / Bangladesh

 

        "އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން" ގެ ދަށުން ބަންގްލަދޭޝްގައި ހުންނަ އިސްލާމިކް ޔުނިވަރސިޓީ އޮފް ޓެކްނޮލޮޖީ (އައި.ޔޫ.ޓީ) ގައި ހިންގުމަށް ހަމަޖެހިފައިވާ އަންޑަރގްރެޖުއޭޓް އަދި ގްރެޖުއޭޓް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު އޮތްކަމުގައި އެފަރާތުންވަނީ އަންގަވާފައެވެ.

       

ވީމާ، މި ކޯސްތަކުގައި އަމިއްލަ ގޮތުން ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ. އަދި މި ކޯސްތަކާގުޅޭ މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އަށް ވެސް އަޕްލޯޑްކުރެވިފައި ވާނެއެވެ.

 http://admission.iutoic-dhaka.edu

 

ވީމާ، މިސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށްފަހު 27 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 13:30  ކުރިން މި މިނިސްޓްރީއަށް ([email protected]) އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.  

 ...............................................................................................................................................................

* މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްތޯއާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭ އިން ޤަބޫލުކުރާ ކޯހެއްތޯ ކަށަވަރު ކުރެއްވުން އެދެމެވެ.

07 ޑިސެންބަރު 2020
ހޯދާ