ހދ. ފިނޭ ހެލްތު ސެންޓަރ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

ފިނޭ ޞިއްޙީ މަރުކަޒު

ހދ. ފިނޭ       

 ދިވެހިރާއްޖެ

ނަންބަރު:B-04/SM/2020/01

ވަޒީފާގެ ފުރުޞަތު

 07 ޑިސެމްބަރ 2020 

 

 

އިޢުލާން

ވަޒީފާގެ ފުރުޞަތު:            

މިޞިއްޙީ މަރުކަޒުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މިވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލް މީހުންނެވެ.

މަގާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމްގެ ނަންބަރު:

-

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ  ( ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 6 މަސް )

މާޤާމުގެ ރޭންކް:

GS3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފިނޭ ޞިއްޙީ މަރުކަޒު ހދ.ފިނޭ

މުސާރަ:

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިން ކޯ އެލަވަންސް މަހަކު -/700 ރުފިޔާ
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ރިސްކް އެލަވަންސް އާއި އެހެނިހެން އިނާޔަތްތައް.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބްތައް:

1.ރަސްމީގަޑީގައި ޞިއްޙީމަރުކަޒު ހުޅުވާ ލެއްޕުމާއި މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުން އަދި ގަޑިޖެހިގެން އަންނަ މުވައްޒަފުންނާއިމެދު ފިޔަވަޅުއެޅުން .

 

 

2. އިންވެންޓްރީ ބެލެހެއްޓުން

 

3. ދުވަހުން ދުވަހަށް އަދި މަހުންމަހަށް ފޮނުވަންޖެހޭ ރިޕޯރޓްތައް ތައްޔާރުކުރުމަށްފަހު ޤަވާއިދުން ފޮނުވަންޖެހޭ އޮފީސްތަކަށް ފޮނުވުން

 

4. ތަނުގެ ބިލްތައް ދެއްކުމަށް ލިބޭ ފައިސާ ޞިއްޙީމަރުކަޒަށް ލިބުނުހާ އަވަހަކަށް އެފަރާތްތަކަށް ފައިސާ ދައްކާ ޙަލާސްކުރުން

 

5. ކޮންމެ މަހެއްގެ ބިލްތަކަށް ފައިސާ ހޯދުމަށްއެދި ފުރިހަމަ ކުރަންޖެހޭ ލިޔެކިޔުންތައް ހޯދާ އެލިޔެކިޔުންތައް ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރީން ހޮސްޕިޓަލްގެ ބަޖެޓް އަށް ފޮނުވުން

 

6. ފައިސާއާއިބެހޭ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން

 

7. ވަޒީފާއާއިބެހޭ ލިޔެކިޔުންތައް ބެލެހެއްޓުން

 

8. އާސަންދައާއި ބެހޭ އެންމެހާ ކަންތައްތައް ބެލެހެއްޓުން. ބިލްތައްޔާރުކުރުން ، ޓްރާންސެކްޝަން ހެދުން އަދި މީގެ އިތުރުންވެސް އާސަންދައާއިބެހޭ އެންމެހާ ލިޔެކިޔުންތައް ބެލެހެއްޓުން

9. ކޮންމެ އަހަރެއް ފެށުމުން ތަނުގެ ޚިދުމަތް ދިނުމަށް ދަތިނުވާނޭގޮތަށް އެއަހަރެއްގެ މުވައްޒަފުންގެ ޗުއްޓީޕްލޭން އެކުލަވާލުން

 

10. މުވައްޒަފުންގެ ފައިލް ބެލެހެއްޓުން އަދި ފައިލްގައި ހިމެނޭ މައުލޫމާތު ތަނުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ނުފެންނާނެގޮތަށް ބެލެހެއްޓުން އަދި އެފައިލުގައި ރައްކާކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ހުރިތޯ ކަށަވަރުކުރުން

 

11. އަޕްޑޭޓް ކުރަންޖެހޭ ލިޔެކިޔުންތައް ހަފްތާއަކު އެއްފަހަރު ބަލާ ޗެކްކޮށް އަޕްޑޭޓް ކުރުން

 

12. ޞިއްޙީމަރުކަޒުގެ ޔައުމިއްޔާ ކޮންމެދުވަހަކުވެސް ލިޔެ ތައްޔާރުކޮށް ފައިލްކުރުން

 

13. ޞިއްޙީމަރުކަޒަށް ގެންނަންޖެހޭ މެޑިކަލް ކޮންސިއުމަބަލްސް، އޮފީސް ރިކްވިޒިޓސް އަދި އެހެނިހެން ތަކެތި ގެނައުމާއި އަދި އެތަކެތީގެ ސްޓޮކް ގަވާއިދުން ބަލަހައްޓާ އެތަކެތީގެ ޝޯޓޭޖެއް ނާންނާނެފަދަ ގޮތަކަށް ކުރިއަށް ގެންދިއުން

 

14. ޞިއްހީމަރުކަޒުގައި ކުރަންޖެހޭ މަރާމާތްތަކުގެ ތަފްސީލުތައް ހޯދާ ކަމާއި ބެހޭ އިސްފަރާތްތަކާއި ވާހަކަ ދައްކައިގެން ހައްލެއް ހޯދުން

 

15. ޞިއްޙީމަރުކަޒަށް ޒިޔާރަތްކުރައްވާ ޓީމުތަކުގެ މަސައްކަތުގައި ޞިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި ފަރާތެއްގެ ލަފާގެ މަތިން އެހީތެރިވެދިނުން

 

16. ބަންދުގަޑިތަކުގައި ދިމާވާ އެމަރޖެންސީ ކަންކަމުގައި ޞިއްހީމަރުކަޒު ހިންގެވުމާއި ހަވާލުވެގެން ހުންނަ ފަރާތަކާއި އެހީވުން

 

17. އާއްމުންނަށް އަންގަންޖެހޭ ލިޔެކިޔުންތައް އާންމުނަށް ފެންނާނެ ގޮތަށް ބެހެއްޓުން އަދި އެތަކެތީގެ ކޮޕީ ފައިލުކުރުން

 

18. ސިއްޙީމަރުކަޒުގެ ހިންގެވުމާއި ހަވާލުވާންޖެހޭ ދެވަނަ ފަރާތެއްގެ ހައިޞިއްޔަތުން ޞިއްޙީމަރުކަޒުން ފޯރުކޮށްދޭންޖެހޭ ޙިދުމަތްތައް ދިނުމުގައި ފުރިހަމައަށް އެއްބާރުލުން ދިނުން

މަޤާމުގެ ޝަރުތުތައް:

  1. 1.   ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކެންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިންދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

ގުޅޭ ވަޒީފާގެ ދާއިރާ

 އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މަކުނުދޫ ޞިއްޙީ މަރުކަޒުގެ އޮފީހުން ރަސްމީ ގަޑީގައި  ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް، ނުވަތަ އައި.ޑީ.ކާޑު ގެއްލިފައިވާނަމަ، އެފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް،ޕާސްޕޯރޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)    މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ނ)   ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

 

ވަޒީފާ އަށް އެންމެ ޤާބިލްފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

  1. ތަޢުލީމާއި ތަމްރީން ( ލިބިފައިވާ ތަޢުލީމު، މަޤާމުގެ މަސައްކަތުގެ ދާއިރާއާއި، ގުޅޭ ކުރުމުއްދަތުގެ ތަމްރީން )
  2. "އިމްތިޙާން" ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން
  3. މަސައްކަތުގެ ތަޖްރިބާ  ( މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖްރިބާ )
  4. ލިބިފައިވާ ހުނަރު ( ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު / ޕްރެކްޓިކަލް )

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16  ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ ގެ 13:30ގެ ކުރިން، ފިނޭ ޞިއްޙީ މަރުކަޒުގެއިދާރީ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 17  ޑިސެމްބަރ 2020 އާއި 20 ޑިސެމްބަރ 2020 އާ ދެމެދު ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ.

 

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒިފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

" ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނުގޮތުގެ ޝީޓް އާންމުކޮށް ފެންނާނޭހެން މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާއިމެދު ޝަކުވާއެއް އޮތްނަމަ ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ ރަސްމީގަޑީގައި މިމަރުކަޒުގެ ނަންބަރ 6520575 އެވެ. އީ-މެއިލް ކުރާނީ [email protected]

 

                    

                    

 

 

 

 

 

 

 

 

  

07 ޑިސެންބަރު 2020
ހޯދާ