މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ކުރު ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު

ދަނޑުވެރިންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި މިމިނިސްޓްރީން 2021 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ރަށްރަށުގައި ހިންގުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ބޭނުންފުޅުވާ ރަށްރަށުން ޕްރޮގްރާމް ހިންގުމަށް އެދި ހުށަހަޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ އެރަށެއްގައި ޙަރަކާތްތެރިވާ ހިލޭސާބަހަށް މަސައްކަތް ކުރައްވާ ޖަމްޢިއްޔާތަށް މެދުވެރިކޮށެވެ. ތަމްރީނު ޕްރޮގްރާމް ހިންގުމަށް ލިބިފައިވާ ބަޖެޓާއި މިނިސްޓްރީގެ ފަންނީ މުވައްޒަފުން ތިބި މިންވަރަކުން ވީ އެންމެ ގިނަ ރަށެއްގައި ތަމްރީނު ޕްރޮގްރާމްތައް ހިންގައިދިނުމަށް މިމިނިސްޓްރީން މަސައްކަތްކުރާނެއެވެ. ގިނަ ރަށްތަކަކުން ތަމްރީނު ޕްރޮގްރާމް ހިންގުމަށް އެދިލައްވާފައިވާނަމަ ކޯސް ހިންގުމަށް އެދި ހުށަހަޅުއްވާފައިވާ ފޯމުގައި ދެއްވާފައިވާ މައުލޫމާތު ތަކަށް ބަލައި ޕްރޮގްރާމް ހިންގުމަށް އެންމެ އެކަށީގެންވާ ކަމަށް މިނިސްޓްރީއަށް ފެންނަ ރަށްތައް ކަނޑައަޅާ އެރަށްރަށުގައި 2021 ވަނަ އަހަރު ތަމްރީނު ޕްރޮގްރާމްތައް ހިންގައިދެވޭނެއެވެ.

ތަމްރީނު ޕްރޮގްރާމްތައް ބައްޓަން ކުރެވޭނީ އެރަށެއްގައި ހުރި މައްސަލަތަކަށް ބެލުމަށްފަހު އެރަށަކަށް އެންމެ އެކަށީގެންވާނެ މައުލޫމާތުތައް ފޯރުކޮށްދެވޭނެ ގޮތަކަށެވެ. 2021 ވަނަ އަހަރު ކުރިއަށް ގެންދާނެ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކުގެ ދިގުމިނަކީ 10 ދުވަހާއި 14 ދުވަހާއި ދެމެދުގެ މުއްދަތެކެވެ.

ކޯހުގެ ބައިވެރިންގެ ޝަރުތު

 

އަސާސީތައުލީމް ފެންވަރު އަދި ދަނޑުވެރިކަމަށް ޝައުގުވެރިކަން ހުރުން

އިތުރު މަޢުލޫމާތު

އިތުރުމަޢުލޫމާތު ހޯއްދެވުމަށް މިމިނިސްޓްރީގެ ނަމްބަރ 3339232، 3339264، 3339207 އަށް ގުޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ތަކެތި

ކައުންސިލްތައް: އެޕްލިކޭޝަން ފޯމު

ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް: އެޕްލިކޭޝަން ފޯމު، ރަޖިސްޓްރީގެ ކޮޕީ

ސުންގަޑި

28 ޑިސެންބަރުގެ 14:00ގެ ކުރިން

07 ޑިސެންބަރު 2020
ހޯދާ