މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީއަށް ބޭނުންވާ ޕީ.އޭ.ބީ.އެކްސް ސިސްޓަމާއި، ސިސްޓަމާއި ގުޅިގެން ހޯދަންޖެހޭ އެހެނިހެން ތަކެތި ގަތުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ.                                           

                                 ނަމްބަރ:  (IUL)10-F/10/2020/62

އިޢުލާން

މި މިނިސްޓްރީއަށް ބޭނުންވާ ޕީ.އޭ.ބީ.އެކްސް ސިސްޓަމާއި، ސިސްޓަމާއި ގުޅިގެން ހޯދަންޖެހޭ އެހެނިހެން ތަކެތި ހޯދަން ބޭނުން ވެއްޖެއެވެ.

ވީމާ، މިނިސްޓްރީއަށް ބޭނުންވާ ޕީ.އޭ.ބީ.އެކްސް ސިސްޓަމާއި، ސިސްޓަމާއި ގުޅިގެން ހޯދަންޖެހޭ އެހެނިހެން ތަކެތި ވިއްކުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ މައުލޫމާތުތައް ފުރިހަމަ ކުރައްވައި މިނިސްޓްރީގެ އީމެއިލް  [email protected] އަށް ފޮނުއްވުމުން އަންދާސީ ހިސާބުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްދެވޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވުނުކަން އެންގޭނެއެވެ.

  • އަންދާސީ ހިސާބު ހުށަހަޅާ ކުންފުނި /ފަރާތް
  • އީމެއިލް އެޑްރެސް
  • ފޯނު ނަންބަރ

މިކަމާ ގުޅޭ މައުލޫމާތު ޝީޓް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

           އަންދާސީ ހިސާބު ރަޖިސްޓަރީ ކުރެވޭނެ އެންމެ ފަހުވަގުތަކީ 09 ޑިސެންބަރު 2020 ވާ ބުދަ ދުވަހުގެ 14:00 އެވެ.

           އަންދާސީ ހިސާބު ހުށަހެޅުމާއި/ހުޅުވުން އޮންނާނީ 16 ޑިސެންބަރު 2020 ވާ ބުދަ ދުވަހުގެ 10:00 ގައި މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާ ގައެވެ.  އަންދާސީ ހިސާބު ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިއަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ. އަދި މި އިއުލާނާއި ގުޅިގެން ކޮންމެ ފަރާތަކަށް ހުށަހެޅޭނީ 1 ޕްރޮޕޯސަލް އެވެ.

.

‏21 ރަބީއުލްއާޚިރު 1442

06 ޑިސެންބަރު   2020

 

06 ޑިސެންބަރު 2020
ހޯދާ