މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކ.ކާށިދޫ އަދި ލ.ބަރެސްދޫ ގައި އެމްއައިޓީޑީސީގެ ފަރާތުންކޮށްފައިވާ މަސައްކަތްތަކެއްގެ ވެލުއޭޝަން ރިޕޯޓެއް ހަދައިދޭނެ ފަރާތެއް ހޯދުން

ކ.ކާށިދޫ އަދި ލ.ބަރެސްދޫ ގައި އެމްއައިޓީޑީސީގެ ފަރާތުންކޮށްފައިވާ މަސައްކަތްތަކެއްގެ ވެލުއޭޝަން ރިޕޯޓެއް ހަދައިދޭނެ ފަރާތެއް ހޯދުން (2 ވަނަ އިއުލާނު)

 

 މި ކޯޕަރޭޝަނުގެ ފަރާތުން އިންޓަރގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ޤަސްތުކޮށްފައިވާ ލ.ބަރެސްދޫ (މަހަކަންފުށި ހިމެނޭ ގޮތުން) އާއި ކ.ކާށިދޫ ގެ ޓޫރިސްޓް ވިލެޖު ޞަރަޙައްދުގައި ކޮށްފައިވާ މަސައްކަތްތަކެއް، ތަފްޞީލުކޮށް ބަލާ، އެމަސައްކަތްތަކުގެ ވެލުއޭޝަން ރިޕޯޓެއް ތައްޔާރުކުރުމަށް 29 ނޮވެންބަރު 2020 ވަނަ ދުވަހު ކުރެވުނު ނަންބަރު  (IUL)MITDC-P/MITDC/2020/2 އިޢުލާނާއި ގުޅިގެން، އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވަތީ، އެ އިޢުލާން ބާތިލުކޮށް، މިކަމަށް ޝައުޤުވެރިވެލައްވާ، މި ބާވަތުގެ މަސައްކަތްތައް ކުރައްވާ އަދި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް މިފުރުޞަތު 2 ވަނަ ފަހަރަށް ހުޅުވާލަމެވެ.

 މަޢުލޫމާތު ދިނުމުގެ ބައްދަލުވުން: 10 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 11:30 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި

 އަންދާސީ ހިސާބު ހުށަހެޅުން: 17 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 11:30 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި

 

ސަމާލުކަން ދެއްވުމަށް: މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހާޟިރުވާ ފަރާތްތަކަށް، ބައިވެރިވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

 އޮފީސް އެޑްރެސް: މ. ދޫނިފުށި (8ވަނަ ފަންގިފިލާ)، އޯކިޑްމަގު، މާލެ

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނަށެވެ.

 

 

2 ޑިސެންބަރު 2020މ.

02 ޑިސެންބަރު 2020
ހޯދާ