މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
އާންމު ޖަލްސާ

މިއެސޯސިއޭޝަންގެ 2024-2020 ދައުރުގެ ހިންގާ ކޮމިޓީ އިންތިޚާބު ކުރުމަށްޓަކައި އާންމު ޖަލްސާއެއް 12 ޑިސެމްބަރ 2020 ވާ ހޮނިހިރު ދުވަހުގެ 17:00 ގައި ސޮލައިޓް ރެސްޓޯރަންޓް 9 ވަނަ ފަންގިފިލާ އިންޑޯރ ހޯލްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން ހިންގާ ކޮމިޓީގެ މަޤާމްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. އަދި އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ މަޤާމްތައް ތިރީގައި އެވަނީއެވެ.

  • 01 ރައީސް
  • 01 ނަޢިބު ރައީސް
  • 01 ޚަޒާންދާރު
  • 01 މެންބަރު (އަމިއްލަ މެންބަރުންގެ ތެރެއިން ހުށައަޅާ އިންތިޚާބުކުރާ)
  • 05 މެންބަރު (ފުރިހަމަ މެންބަރުންގެ ތެރެއިން ހުށައަޅާ އިންތިޚާބުކުރާ)

މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްގުލިބިފައިވާ ފުރިހަމަ މެންބަރު ކްލަބް/ޖަމްޢިއްޔާތައް ތަމްސީލުކުރާ މަންދޫބުން ރަޖިސްޓަރ ކުރުމަށް ހުށައަޅާ ޕްރޮކްސީ ފޯމާއި އިންތިޚާބުގައި ހޮވާ މަޤާމްތަކަށް ކުރިމަތިލުމަށް ހުށައަޅާ ފޯމު އަދި އިންތިޚާބު ކުރިއަށް ގެންދިއުމަށްޓަކައި އަމަލުކުރެވޭ އުސޫލު މިއިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިދެންނެވި ފޯމުތަކާއި އުސޫލު ބައްލަވައިގަތުމަށް ބޭނުންފުޅުވާނަމަ، 01 ޑިސެމްބަރ 2020 ވާ އަންގާރަ ދުވަހުން ފެށިގެން 10 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް މި އެސޯސިއޭޝަނަށް ވަޑައިގަތުމުން ލިބިލައްވާނެއެވެ.

ފުރިހަމަ މެންބަރު ކްލަބް/ޖަމްޢިއްޔާތައް ތަމްސީލުކުރާ މަންދޫބުން ރަޖިސްޓަރ ކުރުމަށް ހުށައަޅާ ޕްރޮކްސީ ފޯމާއި އިންތިޚާބުގައި ހޮވާ މަޤާމްތަކަށް ކުރިމަތިލުމަށް ހުށައަޅާ ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 10 ޑިސެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:30 އެވެ. ފޯމު ހުށައަޅުއްވަންވާނީ މިއެސޯސިއޭޝަނުގެ އިދާރީ އޮފީހަށެވެ.

މި އިންތިޚާބުގައި ވޯޓުދިނުމުގެ ޙައްގުލިބިފައިވާ ފުރިހަމަ މެންބަރު ކްލަބް/ޖަމްޢިއްޔާތަކުގެ ނަންތައް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ. އަދި މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ނުވަތަ ޝަކުވާ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 06 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ލިޔުމަކުން މިއެސޯސިއޭޝަނަށް އެންގެވުން އެދެމެވެ.

  

1-

ބެންޗް ސްޕޯރޓްސް ކުލަބް

13-

ކުއީންސް ބާސްކެޓްބޯލް ކުލަބް

2-

ކުލަބް ސެމްޕަލް

14-

ރެޕްޓަރސް ބާސްކެޓްބޯލް ކުލަބް

3-

ސައިކްލޯން ބާސްކެޓްބޯލް ކުލަބް

15-

ރެޑް ވިންގްސް ބާސްކެޓްބޯލް ކުލަބް

4-

އެލީޓް ސްޕޯރޓްސް ކުލަބް

16-

ސްޓިންޖާސް ބާސްކެޓްބޯލް ކުލަބް

5-

އެފްސީ ނިޑޭ

17-

ދަ ބައުސް ސްޕޯރޓްސް ކުލަބް

6-

ޖިބިއްލީ ސްޕޯރޓްސް ކުލަބް

18-

ޓީ-ރެކްސް ބާސްކެޓްބޯލް ކުލަބް

7-

ކީން ސްޕޯރޓްސް ކުލަބް

19-

ޓީ-ރެކްސް ސްޕޯރޓްސް އެކަޑަމީ

8-

ކިންގްސް ބާސްކެޓްބޯލް ކުލަބް

20-

ޔުނައިޓެޑް ނެޓްވާރކް އޮފް ފްރެންޑްސް

9-

ލަޔަނެސް ސްޕޯރޓްސް

21-

ޑަބްލިއު ސްޕޯރޓްސް އެކަޑަމީ

10-

އެލް.ކިޔު ސްޕޯރޓްސް ކުލަބް

22-

ވުލްފްސް ބާސްކެޓްބޯލް ކުލަބް

11-

ނިއުޓްރަލް ސްޕޯރޓްސް ކުލަބް

23-

ޔޫތް ސްޕޯރޓްސް ކުލަބް

12-

ވަން ތާޓީ ސްޕޯރޓްސް ކުލަބް

 

 

30 ނޮވެންބަރު 2020
ހޯދާ