ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސް.އެމް.އީ ރޭޓިންގ ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން (ރީބިޑް)

ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން (ބީ.ސީ.ސީ) "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވަރމެންޓް އެންޑް ޑިވެލޮޕްމަންޓް ފޯ އެސް.އެމް.އީ" (ސީޑްސް) ޕްރޮޖެކްޓް އާއި ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން، އެސް.އެމް.އީ ރޭޓިންގް ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

މި ޕްރޮޖެކްޓަށް ރެޖިސްޓަރ ވުމުގެ ފުރުޞަތު 06 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހާއި ހަމައަށް ހުޅުވިފައި ވާނެއެވެ. އަންނަނިވި ލިންކް (http://bit.ly/sme-consultant-is) މެދުވެރިކޮށް ރެޖިސްޓަރ ވެވޭނެއެވެ. މި ޕްރޮޖެކްޓާއި ބެހޭ މައުލޫމާތު ދިނުމުގެ ސެޝަން އޮންނާނީ 07 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހު ޒޫމް މެދުވެރިކޮށެވެ. މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެ ވަޑައިނުގަންނަވާ ފަރާތްތަކަށް ހާޒިރީ ނުދެވޭނެއެވެ. މި ޕްރޮޖެކްޓަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުއެވެ. ބީލަން ހުށަހަޅާނީ [email protected] އަށް ޕާސްވޯޑް ޕްރޮޓެކްޓް ކުރެވިފައިވާ ފައިލެއްގައެވެ. މިޕްރޮޖެކްޓާއި ބެހޭ އެންމެހާ މައުލޫމާތު މި އިއުލާނާއި އެކު އެޓޭޗްކޮށްފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ހިމަނާފައިވާނެއެވެ.

 

މާކުސް ދެވޭ ބައިތަތައް:

މާރކްސް ދެވޭ އުޞޫލު

%

މަސައްކަތުގެ އަގު

އެންމެކުޑަ އަގު ހުށަހަޅާ ފަރާތަށް ގިނަމާރކްސް ލިބޭގޮތަށް ފްރެކްޝަން އުޞޫލުން

40

ޝަރުތު

މަސައްކަތާއި ގުޅޭ ދާއިރާއަކުން ބެޗެލާރސް ޑިގްރީ ނުވަތަ އެއާއި އެއްވަރު ސަނަދެއް ހާސިލުކޮށްފައިވާނަމަ ފުލް މާރކްސް ދެވޭނެއެވެ.

20

ތަޖުރިބާ

ތަޖުރިބާއަށް މާރކްސްދެވޭނީ، ކޮށްފައިވާ މިފަދަ މަސައްކަތްތައް ނިންމިކަމުގެ ރިފަރެންސް ލެޓަރ ހުށަހަޅާފައިވާނަމައެވެ. (ގިނަވަގެން މިބަޔަށް ލިބޭނީ 40 ޕޮއިންޓެވެ.)

40

 

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)

މއ. މާދެލި، 6 ވަނަ ފަންގިފިލާ، މަޖީދީ މަގު، މާލެ

ފޯނު: 3305555

އީމެއިލް: [email protected]

 

ވީމާ މިކަން ޢާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

 
30 ނޮވެންބަރު 2020
ހޯދާ