ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮންޓްރެކްޓް މުވައްޒަފުން ރީ-އެޕޮއިންޓްކުރުން އިދާރާތަކަށް ދޫކޮށްލުން

       ކޮމިޝަނުގެ ނަންބަރު 2017/5 (17 މޭ 2017) ސަރކިއުލަރއާ ގުޅިގެން ވަޒީފާއާ ގުޅޭ މަސައްކަތްތައް ސީދާ ކޮމިޝަނުން އެޕްރޫވްކުރާގޮތަށް ހަމަޖެހިފައި އޮތްއޮތުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އިދާރާތަކަށް ދޫކޮށްލުމުގެ މަސައްކަތް ކޮމިޝަނުން ވަނީ ފަށާފައެވެ. މި ގޮތުން، ސިވިލް ސަރވިސްގެ އިދާރާތަކުގެ ވަޒީފާގައި ވަގުތީގޮތުން ކޮންޓްރެކްޓް އުޞޫލުން ގެންގުޅޭ މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަތު ހަމަވުމުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދާއި، އުޞޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް އެ މުވައްޒަފުންގެ ކޮންޓްރެކްޓް އައުކޮށް "ސީ.އެސް.ވިއުގަ" އިން އަދާހަމަކުރުމުގެ މަސައްކަތް 2020 ނޮވެންބަރު 29 ވަނަ ދުވަހުން ފެށިގެން އިދާރާތަކުން ކުރާގޮތަށް ކޮމިޝަނުން ހަމަޖައްސާފައިވާ ކަމުގައި ދެންނެވީމެވެ.

       މި ނިންމުމާ ގުޅިގެން، 2020 ނޮވެންބަރު 29 ވަނަ ދުވަހުން ފެށިގެން ކޮންޓްރެކްޓް ރީ-އެޕޮއިންޓްމަންޓްއާ ގުޅޭ ހުރިހާ ރިކުއެސްޓެއް އެޕްރޫވްކުރާނީ އެ އިދާރާއަކުން ނުވަތަ މަސްއޫލު އޮފީހެއްގެ ދަށުގައި ހުރި އިދާރާއެއް ނަމަ، މަސްއޫލު އޮފީހުން ކަނޑައަޅާގޮތެއްގެ މަތިން ކަމަށްވާތީ، މި މަސައްކަތް ކުރުމުގެ އެޕްރޫވަލް ލިބިގަތުމަށް އިދާރާތަކުން ތިރީގައިވާ ގޮތުގެ މަތިން ޢަމަލުކުރެއްވުން އެދި ދަންނަވަމެވެ.  

  1. ކޮންޓްރެކްޓް ރީ-އެޕޮއިންޓްމަންޓުގެ މަސައްކަތް ކުރުމާ ގުޅޭގޮތުން މި ކޮމިޝަނުން ޢާންމުކޮށްފައިވާ އުޞޫލުތަކާއި، ޔޫޒަރ މެނުއަލްއާއި ސްޓޭންޑަރޑް އޮޕަރޭޓިން ޕްރޮސީޖަރއަށް ކަމާގުޅޭ ހުރިހާ މުވައްޒަފުން އަހުލުވެރިވުން.
  2. ކޮންޓްރެކްޓް ރީ-އެޕޮއިންޓްމަންޓުގެ މަސައްކަތްކުރުމުގެ ހުއްދަ ލިބިގަންނަ މުވައްޒަފުން ފުރިހަމަކުރަންޖެހޭ ތަމްރީނުތައް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް މެދުވެރިކޮށް ފުރިހަމަކޮށް، ޓްރެއިނިންގގެ އިވެލުއޭޝަން ފުރިހަމަކުރުން.
  3. ވަޒީފާއާ ގުޅޭ މަސައްކަތްތައް "ސީ.އެސް. ވިއުގަ" މެދުވެރިކޮށް ކުރާ މުވައްޒަފުންގެ އިޤުރާރު ފޯމު ފުރިހަމަކޮށް ކޮމިޝަނަށް ފޮނުވައި، "ސީ.އެސް.ވިއުގަ" އިން ބޭނުންވާ އެޕްރޫވަލް ހުއްދަ ލިބިގަތުން.

       ކޮންޓްރެކްޓް ރީ-އެޕޮއިންޓްމަންޓުގެ މަސައްކަތް އިދާރާތަކަށް ދޫކޮށްލުމާ ގުޅޭގޮތުން ތިރީގައިވާ ކަންކަން އިދާރާތަކުގެ ސަމާލުކަމަށް ގެންނަމެވެ.

  1. އިދާރާތަކަށް ދޫކޮށްލެވޭ މަސައްކަތްތަކުގެ ތަފްޞީލާއި، މަސައްކަތާ ގުޅޭ ޔޫޒަރ މެނުއަލްއާއި ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރތައް އަދި ޓްރެއިނިންގގެ އިވެލުއޭޝަން ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ ދަށުގައިވާ 'ޑީސެންޓްރަލައިޒޭޝަންއާ ގުޅޭ' {http://www.csc.gov.mv/dv/decentralization}މި ޕޭޖް އިން ލިބިވަޑައިގަންނަވާނެއެވެ.
  2. ކޮންޓްރެކްޓް ރީ-އެޕޮއިންޓްމަންޓް ތަމްރީނު ފުރިހަމަކޮށް ފާސްވި ކަމުގައި ބަލާނީ، އޮންލައިން ތަމްރީނުގައި ބައިވެރިވެ، ތަމްރީނު ފުރިހަމަކުރުމަށް ފަހު، ކުރެވޭ އިވެލުއޭޝަނުން %75 (ހަތްދިހަ ފަހެއް އިންސައްތަ) އަށް ވުރެ މަތިން ހޯދުމުންނެވެ.
  3. އިދާރާތަކުގެ ކަމާގުޅޭ މުވައްޒަފުން އިސްވެ ދެންނެވި މަރުޙަލާތައް ފުރިހަމަކޮށް ކޮންޓްރެކްޓް ރީ-އެޕޮއިންޓްމަންޓް މަސައްކަތްކުރުމުގެ ހުއްދަ 2020 ޑިސެންބަރު 15 ވަނަ ދުވަހުގެ ކުރިން ހޯއްދަވަންވާނެއެވެ. މި މުއްދަތުގައި ހުއްދަ ނުހޯއްދަވާ މުވައްޒަފުން ކޮންޓްރެކްޓް ރީ-އެޕޮއިންޓްމަންޓްއާ ގުޅޭ މަސައްކަތްކުރުމަށް "ސީ.އެސް. ވިއުގަ" އިން މިހާރު ދެވިފައިވާ ހުއްދަ ބާޠިލުކުރެވޭނެއެވެ.
  4. ހުއްދަ ބާޠިލުކުރެވޭ މުވައްޒަފުންނަށް އަލުން ހުއްދަ ދެވޭނީ މަތީގައިވާ ގޮތުގެ މަތިން ޢަމަލުކުރެއްވުމުންނެވެ.
  5. 2020 ޑިސެންބަރު 15 ވަނަ ދުވަހާ ހަމައަށް އިދާރާތަކުން ފޮނުއްވާ ކޮންޓްރެކްޓް ރީ-އެޕޮއިންޓްމަންޓް ރިކުއެސްޓްތައް ކޮމިޝަނުގެ ރެކްރޫޓްމަންޓް ސެކްޝަނުން އެޕްރޫވްކުރި ނަމަވެސް، އެ ތާރީޚުގެ ފަހުން މި ކޮމިޝަނުގެ ބަދަލުގައި އެ ފަދަ ރިކުއެސްޓްތަކާ ގުޅޭ އެންމެހައި މަސައްކަތްކުރާނީ އެ އިދާރާއަކުންނެވެ.
  6. ވަޒީފާގެ މަސައްކަތްތައް އިދާރާތަކަށް ދޫކޮށްލުމާ ގުޅިގެން "ސީ.އެސް.ވިއުގަ" ތެރެއިން ތައްޔާރުކުރެވޭ ޗިޓުތަކުގައި އެ އިދާރާއެއްގެ ވެރިއަކު ސޮއިކުރުމުގެ ބަދަލުގައި ބޭނުންކުރެވޭނީ ކޮމިޝަނުގެ ތައްގަނޑެވެ.
  7. ކޮންޓްރެކްޓް ރީ-އެޕޮއިންޓްކުރުމުގެ އެޕްރޫވަލް އިދާރާތަކުން ކުރާގޮތަށް ކޮމިޝަނުން ހަމަޖެއްސި ނަމަވެސް، އިދާރާތަކުން މި މަސައްކަތް ކުރަމުންދާގޮތް ސިސްޓަމް މެދުވެރިކޮށް ކޮމިޝަނުން ދުވަހުން ދުވަހަށް ޕްރޮސެސް އޮޑިޓިންގ ހަދަމުން ގެންދާނެއެވެ. އަދި ކަނޑައަޅާފައިވާ އުޞޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް އަމަލުނުކުރާ އިދާރާތަކުގެ މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުންގެންދާނެއެވެ.

       ވީމާ، މަތީގައިވާ ގޮތުގެ މަތިން އިދާރާތަކުން ޢަމަލުކުރެއްވުމަށް ދެންނެވީމެވެ.

29 ނޮވެންބަރު 2020
ހޯދާ