މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޝިޕިންގ އެޖެންސީއާއި ބެހޭ ގަވާއިދު 2020/R-114

     ނަންބަރު:  IUL)202-M/1/2020/102)

 

އިޢުލާން

ޝިޕިންގ އެޖެންސީއާއި ބެހޭ ގަވާއިދު 2020/R-114 (26 ނޮވެމްބަރު 2020) ވަނަ ދުވަހު އަމަލުކުރަން ފެށުން

ޝިޕިންގ އޭޖެންސީއާބެހޭ ގަވާއިދު 2020/R-114 (26 ނޮވެމްބަރު 2020) ވަނަ ދުވަހު ގެޒެޓްކޮށް 26 ނޮވެމްބަރު 2020 ވަނަ ދުވަހުން ފެށިގެން ވަނީ އަމަލުކުރަން ފަށާފައެވެ. ގަވާއިދަށް އަމަލު ކުރަން ފެށުމާއި ގުޅިގެން އެޤަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްވެސް ހަރަކާތެއް އެއްވެސް ފަރާތަކުން ހިންގަންވާނީ މި ޤަވާއިދުގެ 6 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ހޯދަންޖެހޭ ލައިސަންސް ހޯދުމަށް ފަހުގައި ކަމަށް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

ވީމާ، 2020 ޑިސެމްބަރު 03 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި އޮތޯރިޓީގެ އޮންލައިން ޚިދުމަތް eportal.mta.gov.mv ގައި ބަޔާންކޮށްފައިވާ Shipping Agency Registration / Licensing ޚިދުމަތަށް އޮންލައިންކޮށް ހުށަހެޅުއްވައިގެން ލައިސަންސް ހޯއްދެވުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

ގަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް 26 ނޮވެމްބަރު 2020 ވަނަ ދުވަހުން ފެށިގެން ވަނީ އަގު ކޮންޓްރޯލް ކުރެވިފައެވެ. އަދި 26 ނޮވެމްބަރު 2020 ވަނަ ދުވަހުން ފެށިގެން ޑީ.އޯ އަކަށް ނެގޭނެ ފައިސާގެ އަދަދުވެސް މިގަވާއިދުގައި ކަނޑައަޅާފައިވެއެވެ. އެ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވަނީ:

-         އިންކޯޓާރމްސްގެ ދަށުން ޝިޕިން އެޖެންޓާއި ކޮންސައިނީއާއި އެއްބަސްވެފައިވާ ޚިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން އެއްވެސް ފީއެއް ނުވަތަ ޗާޖެއް ނުނެގޭނެކަމަށެވެ.

-         ޑެލިވަރީ އޯޑަރ (ޑީ.އޯ) ޗާޖުގެ ގޮތުގައި ފުލް ކޮންޓެއިނަރަކަށް ނުވަތަ އެއަށްވުރެ ގިނަ ސީ.ބީ.އެމް ހިމެނޭ ބީ.އެލް އަކަށް ނަމަ ނެގޭނީ 771/- (ހަތްސަތޭކަ ހަތްދިހަ އެކެއް) ރުފިޔާ ކަމަށެވެ.

-         ޑެލިވަރީ އޯޑަރު (ޑީ.އޯ) ޗާޖު، ފުލް ކޮންޓެއިނަރަކަށްވުރެ މަދުން ހުންނަ ބީ.އެލް އަކަށްނަމަ ނެގޭނީ 385/50 (ތިންސަތޭކަ އަށްޑިހަ ފަސް ރުފިޔާ ފަންސާސް ލާރި) ކަމަށެވެ.

-         މަތީގައި ބަޔާންކޮށްފައިވާ ފުލް ކޮންޓެއިނަރ ނުވަތަ އެއަށްވުރެ ގިނަ ސީ.ބީ.އެމް ހިމެނޭ މުދާ އަދި ފުލް ކޮންޓެއިނަރ އަށްވުރެ މަދުން ހުންނަ ބީ.އެލް ގައި ނުހިމެނޭ ބާވަތުގެ މުދަލަކަށް ދޫކުރެވޭ ޑީ.އޯ އަކަށް ނެގޭނީ 385/50 (ތިންސަތޭކަ އަށްޑިހަ ފަސްރުފިޔާ ފަންސާސް ލާރި) އެވެ.

 

ވީމާ ދަންނަވަމެވެ. ގަވާއިދާ ޚިލާފަށް ކޮންޓްރޯލް ކޮށްފައިވާ އަގަށްވުރެ ބޮޑުކޮށް އަދި އިންކޯޓަރމްސްގެ ދަށުން ޝިޕިން އެޖެންޓާއި ކޮންސައިނީއާއި އެއްބަސްވެފައިވާ ޚިދުމަތުގެ އަގުގެ އިތުރަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން އެއްވެސް ފީއެއް ނެގި ފަރާތްތަކާ މެދު މިގަވާއިދުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރަތަމަ ފަހަރަށް 1000/- (އެއްހާސް) ރުފިޔާއިން ދެވަނަ ފަހަރަށް 10,000/- (ދިހަހާސް) ރުފިޔާ އަދި ދެފަހަރަށްވުރެ އިތުރުވެއްޖެނަމަ، އިތުރުވާ ކޮންމެ ފަހަރަކަށް 100,000/- (އެއްލައްކަ) ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެއެވެ.

 

ގަވާއިދާ ހިލާފަށް އެއްވެސް ފަރާތަކުން ކޮންޓުރޯލް ކޮށްފައިވާ އަގަށްވުރެ އިތުރަށް އަގުނަގާނަމަ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ މެރިޓައިމް ޑިޕާޓުމަންޓުގެ ނަންބަރ 7212719 އަށް ނުވަތަ އީމެއިލް އެޑްރެސް [email protected]  އަށް ހުށަހެޅުއްވުމަށްވެސް ދެންނެވީމެވެ.

        14 ރަބީއުލް އާޚިރު 1442

       29 ނޮވެމްބަރު     2020

 

 

 

 

 

ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް

މާލެ،ދިވެހިރާއްޖެ     

29 ނޮވެންބަރު 2020
ހޯދާ