މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ލ. ބަރެސްދޫ ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

ލ. ބަރެސްދޫ ވަގުތީ ގޮތުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

 

 

މި ކޯޕަރޭޝަނުގެ ފަރާތުން އިންޓަރގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ޤަސްތުކޮށްފައިވާ ލ.ބަރެސްދޫ (މަހަކަންފުށި ހިމެނޭ ގޮތުން) ބަލަހައްޓަމުން ގެންދާ ފަރާތުގެ ކޮންޓްރެކްޓް މުއްދަތު ހަމަވުމާއި ގުޅިގެން، 01 ޖެނުއަރީ 2021 ވަނަ ދުވަހުން ފެށިގެން، 18 މަސްދުވަހުގެ މުއްދަތައް ބަރެސްދޫ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. 

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން: 02 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 10:30 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި

 

އަންދާސީ ހިސާބު ހުށަހެޅުން: 09 ޑިސެމްބަރ 2020 ވާ ބުދަ ދުވަހުގެ 10:30 ގައި މި ކޯޕަރޭޝަންގެ އޮފީހުގައި

 

ސަމާލުކަން ދެއްވުމަށް: މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ކަނޑައަޅާފައިވާ ގަޑީގެ ފަހުން ހާޟިރުވާ ފަރާތްތަކަށް، ބައިވެރިވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.

 

އޮފީސް އެޑްރެސް: މ. ދޫނިފުށި (8ވަނަ ފަންގިފިލާ)، އޯކިޑްމަގު، މާލެ

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ (ރަސްމީ މަސައްކަތު ގަޑީގައި) 3019911 ނަންބަރު ފޯނަށެވެ.

 

 

29 ނޮވެމްބަރ 2020މ.

 

 

29 ނޮވެންބަރު 2020
ހޯދާ