މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

 

 ޕޯސްޓަލް ބޭންކިންގ އަދި ފައިނޭންޝިއަލް ސަރވިސް ގެ ޚިދުމަތް ޤާއިމުކުރުމަށް ކޮންސަލްޓަންޓަކު ހޯދުން

 

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގައި ޕޯސްޓަލް ބޭންކިންގ އަދިފައިނޭންޝިއަލްސަރވިސްޤާއިމުކުރުމަށް ކޮންސަލްޓްންޓެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް "ޓީ. އޯ. އާރް" މިއިއުލާނާއެކު އެޓޭޗް ކުރެވިފައިއެވަނީއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ޓީ. އޯ. އާރް ގައި ބަޔާންކުރެވިފައިވާނެއެވެ.

 މި މަސައްކަތަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިއެކިއުންތައް:

  • ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • ޕްރޮޕޯސަލް
  • މި މަސައްކަތައް ޝައުގުވެރިވާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖުރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ.
  • މިފަދަ ޙިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިއުންތައް
  • ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ޕާސްޕޯޓް ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި - ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 06 ޑިސެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ޕްރޮޕޯސަލް ހުށަހަޅާފަރާތްތަކަށްޕޮއިންޓްދޭނެމިންގަނޑު:

  • މަސައްކަތުގެ ތަޖުރިބާ ( ކަނޑައެޅިފައިވާ އިންސައްތަ 50)
  • ތަޢުލީމާއި ތަމްރީނު ( ކަނޑައެޅިފައިވާ އިންސައްތަ 35)
  • ހުށަހަޅާ އަގު ( ކަނޑައެޅިފައިވާ އިންސައްތަ 15)

 އިތުރު މަޢުލޫމާތު ހޯދުމަށް:

މޯލްޑިވްސް ޕޯސްޓް ލިމިޓެޑް

ހ.ޓޫ ސްޓަރ

މާލެ، ދިވެހިރާއްޖެ

ނަންބަރު:  9603315555+ 

އީމެއިލް:  [email protected]

 

27 ނޮވެންބަރު 2020
ހޯދާ