ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޗީފް އިންޓަރނަލް އޮޑިޓަރ

މިކޯޕަރޭޝަންއިން ކޮށްފައިވާ އިޢުލާން ނަންބަރު: (IUL)RDC-HRM-RDC-2020-33 އަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެމަޤާމަށް އަލުން އިޢުލާން ކުރަމެވެ.

މަޤާމް:

ޗީފް އިންޓަރނަލް އޮޑިޓަރ

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މުސާރަ:

މަހަކު 24000-32000 ރުފިޔާއާއި ދެމެދު

ވަޒީފާ އަދާކުރަންޖެހޭ ތަން:

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ހެޑް އޮފީހުގައި (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ)

ފެންވަރު ނުވަތަ ޝަރުތު:

- އެކައުންޓިންގ، އޯޑިޓިންގ، ފައިނޭންސް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީއެއް ހާސިލްކޮށްފައިވުން. އަދި،

- އޮޑިޓިންގ ދާއިރާގައި މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި، 

- ހިންގުމުގެ ދާއިރާގައި މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި،

- އައި.އެފް.އާރު.އެސް، އައި.އެސް.އޭ އަދި އައި.ޕީ.ޕީ.އެފް ފަދަ އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން.

ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

- ކޯޕަރޭޝަންގެ އިންޓަރނަލް އޮޑިޓްގެ އޮނިގަށޑު ވިލަރެސްކުރުން.

- ކޯޕަރޭޝަންގެ އިންޓަރނަލް ކޮންޓްރޯލް އަދި ގަވަރނަންސް ނިޒާމް މުރާޖާކޮށް ހަރުދަނާ ކުރުމުގައި އެހީތެރިވެދިނުން.

- ތައްޔާރު ކުރެވޭ އޮޑިޓް ޕްލޭނާއި އެއްގޮތަށް އޮޑިޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުން.

- އިންޓަރނަލް އޮޑިޓްތަކާއި ގުޅިގެން ކޯޕަރޭޝަންގެ މެނޭޖްމަންޓަށާއި ބޯޑަށް ލަފާދިނުމާއި  އެކަންކަމާއި ގުޅިގެން އެޅޭ ފިޔަވަޅުތައް ބަލާ މުރާޖަޢާކުރުން.

- ރިސްކް މެނޭޖްކުރުމުގައި އެންމެ ފުރިހަމަ އެޕްރޯޗް އެއް ޤާއިމްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

- ކޮރަޕްޝަނަށް މަގުފަހިވާނެ ފަދަ ކަންތައްތައް ހުއްޓުވޭނެ ގޮތާ ގުޅޭގޮތުން މެނޭޖްމަންޓަށް ލަފާދީ އެކަންތައްތައް ކޯޕަރޭޝަންގެ މަސައްކަތުގައި އިމްޕްލިމެންޓްކުރުން.

- އިންޓަރނަލް އޮޑިޓާ ބޭހޭ އެންމެހާ އުސޫލުތައް ހަދައި އެ އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން އިންޓަރނަލް އޮޑިޓްގެ މަސައްކަތް ކުރުން.

ސުންގަޑި:

- މިވަޒީފާއަށް އެދޭ ފަރާތްތަކުން، އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 01 ޑިސެމްބަރ 2020 ވާ  އަންގާރަ ދުވަހުގެ 12:00 ގެ ކުރިން، މިކޯޕަރޭޝަނުގެ ހެޑް އޮފީހަށް ނުވަތަ މި ކޯޕަރޭޝަންގެ އީ މެއިލް[email protected]  އަށް ފޮނުއްވުން އެދެމެވެ.

- ވަޒީފާއަށް އެދޭ ފޯމު މިކޯޕަރޭޝަނުގެ ހެޑް އޮފީހުގެ (އޯކިޑް މަގު، އެމްއެސްއެލް ބިލްޑިންގ ގެ ފުރަތަމަ ފަންގިފިލާ / މާލެ) ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނާއެކު ވަޒީފާ ފޯމް އެޓޭޗް ކުރެވިފައިވާނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް: 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  (މުއްދަތު ހަމަނުވާ)
  3. ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓްކުރެވިފައިވާ ކޮޕީ.
  4. އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު އަދި ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ލިޔުމެއް.
  5. ދޫކުރިފަހުން ތިންމަސްދުވަސް ހަމަނުވާ ޕޮލިސް ރިފޯޓް.

އިންޓަވިއު:

- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް  އެކަންޏެވެ.

- މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ  ފޯމުތައް ބާޠިލްކުރެވޭނެއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ ޑިސެމްބަރ މަހުގެ ތާރީޚެއްގައެވެ.

އިތުރު މަޢުލޫމާތު: 

އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާނަމަ މި ކޯޕަރޭޝަންގެ ނަންބަރު 3339060 ފޯނަށް ގުޅުން އެދެމެވެ.

11 ރަބީޢުލްއާޚިރު  1442

26 ނޮވެމްބަރ   2020

26 ނޮވެންބަރު 2020
ހޯދާ