މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު -އެސިސްޓެންޓް ޑިރެކްޓަރ (ޕްރޮކިއުމަންޓް އެންޑް މެއިންޓެނެންސް ސެކްޝަން/ޕްރޮކިއުމަންޓް ޔުނިޓް)

`

 

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މާލެ، ދިވެހިރާއްޖެ

ނަންބަރު: IUL)25-A5/25/2020/48)  

އިޢުލާނު

 

މަޤާމް: އެސިސްޓެންޓް ޑިރެކްޓަރ

ކްލެސިފިކޭޝަން: ޓެކްނިކަލް ޑިރެކްޓަރ

ރޭންކް: އެމް.އެސް 3

މުސާރަ: 7,035.00ރ.

ސަރވިސް އެލަވަންސް: 2,000.00 ރ.       

ގިންތި: ދާއިމީ

މަޤާމުގެ ނަންބަރު: J-320112

- އެހެނިހެން އެލަވަންސް: ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35

- ސަޕޯޓިންގ ކޯ 2 : 900.00ރ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ދެވޭނެއެވެ.

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން ދެވޭނެއެވެ.

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު: 1

ވަޒީފާ އަދާކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ފޮރިން އެފެއާޒް، މާލެ

ޑިޕާޓްމަންޓް/ސެކްޝަން: ޕްރޮކިއުމަންޓް އެންޑް މެއިންޓެނެންސް ސެކްޝަން/ޕްރޮކިއުމަންޓް ޔުނިޓް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

 

  1. ބިޑްކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި މަސައްކަތްތަކަށް ބިޑް ތައްޔާރުކޮށް އިވެލުއޭޓް ކުރުމުގެ މަސައްކަތްތަކުގައި ސުޕަވައިޒަރަށް އެހީތެރިވުން

      - ރިކުއެސްޓް ފޯމް ތައްޔާރުކުރުމާއި ހުއްދަހޯދުން

      - ބަޖެޓުން ހޯދަންޖެހޭ ހުއްދަތައް ހޯދުން

      - ޓަރމްސް އޮފް ރިފަރެންސް ތައްޔާރުކޮށް އިއުލާންކުރުން

      - ބިޑްތައް ހޯދައި އިވެލުއޭޓް ކުރުމަށްފަހު އިވެލުއޭޝަން ރިޕޯޓް ބިޑް ކޮމިޓީއަށް ހުށަހެޅުން

      -ބިޑް ކޮމިޓީއިން ބިޑް އެވޯޑްކުރުމުން އެފަރާތައް އެޥޯޑިންގ ލެޓަރ ހަވާލުކުރުމާއި ނުހޮވޭ ފަރާތްތަކަށް އެކަން އެންގުން

  1. މިނިސްޓްރީގެ ސްޓޮކަށް ބޭނުންވާ ތަކެތި، ސްޓޮކް ބަލަހައްޓާ ސެކްޝަނުގެ އިރުޝާދުގެ ދަށުން ހޯދުން
  2. މިނިސްޓްރީގެ މަރާމާތާއި، މިނިސްޓްރީގެ ޑިޕާޓްމަންޓްތަކަށް ބޭނުންވާ ވޯކްސްޓޭޝަންތަކާއި ހޯދުމުގެ މަސައްކަތާއި، އަދި ސެކިއުރިޓީއާ ގުޅޭ އެންމެހާ މަސައްކަތްތައް އޮންނަ އުސޫލަކުން ކުރުމާއި ސުޕަވައިޒްކުރުން.  
  3. މިނިސްޓްރީން ވައިގެ މަގުން ރާއްޖެއިން ބޭރަށް ކުރަންޖެހޭ ރަސްމީ ދަތުރުތަކުގެ ކޯޓޭޝަން ތައްޔާރުކޮށް ޓިކެޓްނެގުމާއި ޓްރަވަލް އިންޝްއަރެންސް ހަމަޖެއްސުމާއިގުޅޭ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކުރުން
  4. މިޝަންތަކަށް ފޮނުވާ ސްޓަފުންގެ ޕާސަނަލް އައިޓަމްސްތައް އެކަމަށް ހާއްސަކޮށްފައިވާ އުސޫލްތަކާ އެއްގޮތަށް މިޝަންއަށް ފޮނުވުމަށްޓަކައި (ވައި ނުވަތަ ކަނޑުމަގުން ކާގޯ ކުރުން) ކުރަންޖެހޭ އެންމެހާ ކަންތައްތައް
  5. މިނިސްޓްރީ އަދި މިޝަންތަކަށް ބޭނުންވާ ހަރުމުދާތަކުގެ ލިސްޓް ތައްޔާރުކުރުމާއި، ބަޖެޓްކުރުމާއި، ބާވެފައިވާ މުދާ ވިއްކާ/ނައްތާލުމާއި ގުޅޭ މަސައްކަތާއި އަދި ހަރުމުދަލާއިގުޅޭ ލިސްޓް އަޕްޑޭޓްކުރުމާއިގުޅޭ އެންމެހާ މަސައްކަތްތައް ސުޕަވައިޒްކުރުން  
  6. މިނިސްޓްރީގެ އިމާރާތާއި، މެޝިނަރީ އަދި ވެހިކަލް މަރާމާތުކުރުމާއި ބެލެހެއްޓުމާއި ގުޅޭ  މަސައްކަތްތައް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން
  7. މަރާމާތުކުރުމާއި ބެލެހެއްޓުމާއި ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި އަދި ހޯދަންޖެހޭ ސާމާނުތަކާއި ބެހޭ، އަންދާސީ ހިސާބްގެ  ބަޖެޓެއް އަހަރަކު އެއްފަހަރު ތައްޔާރުކުރުން.
  8. އޮފީހުގެ ހުރިހާ ވެހިކަލްތަކެއްގެ މެއިންޓަނަންސް މަސައްކަތް ބެލެހެއްޓުމާއި އަހަރީ ފީ، ރޯޑް ވާދިނަސް އަދި އިންޝުއަރެންސް ގަވާއިދުން ހެއްދުން
  9. ސެކްޝަންގެ މަސައްކަތާ ގުޅޭ ގޮތުން އަންނަ މުއާމަލާތްތައް ދުވަހުން ބަލައި ކަނޑައެޅިފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށް އިސްވެރިންގެ ލަފާގެ މަތިން އަޅަންޖެހޭ ފިޔަވަޅު އެޅުން.
  10. ސެކްޝަންގެ މަސައްކަތްތަކާ ގުޅޭ ރިޕޯޓް، އަހަރީ ރިޕޯޓް، ވާރކް ޕްލޭން، ބަޖެޓަށް ބޭނުންވާ މައުލޫމާތު، ޕެންޑިންގ ފަދަ މަސައްކަތްތައް ކުރިއަށްދާ ގޮތް ސުޕަވައިޒްކޮށް، ޑިވިޜަނުގެ ސުޓާފުން ސުޕަވައިޒްކުރުމާއި، ފައިލިންގ އަދި ރެކޯޑް ބެލެހެއްޓުން.
  11. ސެކްޝަން މުވައްޒަފުންނާއި މަސައްކަތް ހަވާލުކުރުމާއި، ސުޕަވައިޒްކުރުމައި އެ މުވައްޒަފުން އެސެސްކުރުމާއި، މުވައްޒަފުން ބިނާކުރުމަށް ބޭނުންވާ ތަމްރީން ތައް ފާހަގަކޮށް އެޗް.އާރ ސެކްޝަނަށް އެންގުމާއި މުވައްޒަފުންގެ ޚިދްމަތުގެ ފެންވަރުބަލާ ފޯމް ފުރިހަމަކުރުން.
  12. މިނިސްޓްރީގެ ރަސްމީ މަސައްކަތާ ގުޅިގެން އިސްވެރިންގެ އިރުޝާދާއެކު އެހެން ޑިޕާޓްމަންޓުގެ މަސައްކަތުގައި އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް

 

  1. އިންޓަރނޭޝަނަލް ރިލޭޝަންސް، ޕަބްލިކް ޕޮލިސީ، ސޯޝަލް ސައިންސް، ޕޮލިޓިކަލް ސައިންސް، އެކައުންޓިންގ، ފައިނޭންސް، ކޮމަރސް، އިންޓަރނޭޝަނަލް ސައިންސް، ބިޒްނަސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، އެންޓަރޕްރިނިއުޝިޕް، ޖަރނަލިޒަމް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ލޯ، ޝަރީއާ، މާރކެޓިންގ، އިންޓަރނޭޝަނަލް ލޯ އެންޑް ޕޮލިޓިކްސް، އިކޮމޮނިކްސް، ސޯޝިއޮލޮޖީ، ފޮރިން ޕޮލިސީ ނުވަތަ ޑިޕްލޮމަސީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

  2. އިންޓަރނޭޝަނަލް ރިލޭޝަންސް، ޕަބްލިކް ޕޮލިސީ، ސޯޝަލް ސައިންސް، ޕޮލިޓިކަލް ސައިންސް، އެކައުންޓިންގ، ފައިނޭންސް، ކޮމަރސް، އިންޓަރނޭޝަނަލް ސައިންސް، ބިޒްނަސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، އެންޓަރޕްރިނިއުޝިޕް، ޖަރނަލިޒަމް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ލޯ، ޝަރީއާ، މާރކެޓިންގ، އިންޓަރނޭޝަނަލް ލޯ އެންޑް ޕޮލިޓިކްސް، އިކޮމޮނިކްސް، ސޯޝިއޮލޮޖީ، ފޮރިން ޕޮލިސީ ނުވަތަ ޑިޕްލޮމަސީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

  1. އިންޓަރނޭޝަނަލް ރިލޭޝަންސް، ޕަބްލިކް ޕޮލިސީ، ސޯޝަލް ސައިންސް، ޕޮލިޓިކަލް ސައިންސް، އެކައުންޓިންގ، ފައިނޭންސް، ކޮމަރސް، އިންޓަރނޭޝަނަލް ސައިންސް، ބިޒްނަސް، މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ޕަބްލިކް މެނޭޖްމަންޓް، އެންޓަރޕްރިނިއުޝިޕް، ޖަރނަލިޒަމް، ހިއުމަން ރިސޯސް މެނޭޖްމަންޓް، އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ލޯ، ޝަރީއާ، މާރކެޓިންގ، އިންޓަރނޭޝަނަލް ލޯ އެންޑް ޕޮލިޓިކްސް، އިކޮމޮނިކްސް، ސޯޝިއޮލޮޖީ، ފޮރިން ޕޮލިސީ ނުވަތަ ޑިޕްލޮމަސީ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް ނުވަތަ އައި.ޑީ ކާޑް ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގް ލައިސަންސް
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

   5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

      (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ގެ ކޮފީ. ނުވަތަ، ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯޓުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ.

      (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕި.

   6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ؛ 

   7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

   8.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ؛   

      (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

      (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

      (ނ) އުވާލާފައިވާ ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްޞާވާ ކުންފުންޏެއްގައި މަސައްކަތްކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

      (ރ)   ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖައްއިއްޔާ/ޖަމާއަތެއްގައި މަސަތްކަތްކޮށްފައިވާނަމަ،    އަދާކޮށްފައިވާ ވަޒީފާ، އަދި   ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާއަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަޢުލީމު އަދި ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު ތަމްރީން %35

- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން %5

- ވަޒީފާއާ ގުޅޭ މަސައްކަތުގެ ތަޖުރިބާ  % 15

- ލިބިފައިވާ ހުނަރު (އިންޓަވިއު/ ޕްރެކްޓިކަލް/ޕްރެޒެންޓޭޝަން) %45

- ވަޒީފާއަށް ހޮވޭ ފަރާތަށް މަދުވެގެން ލިބެންޖެހޭނެ ޖުމްލަ އިންސައްތައިގެ އަދަދު %55

މަޤަމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 08 ޑިސެމްބަރ 2020 (އަންގާރަ) ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު /އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާން އޮންނާނީ، 9 ޑިސެމްބަރ އިން 22 ޑިސެމްބަރ 2020 އަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކުގެ ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ފޯމް)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރައިގެ ވެބްސައިޓުގައި އާންމުކުރެވޭނެއެވެ. ވަޒީފާ އަށް ކުރިމަތިލީ ފަރާތްތަކުން ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތް ނަމަ A2 ފޯމު އާންމު ކުރާދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3023941 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

         

‏26‏ ނޮވެމްބަރ‏ 2020

‏11‏-ރަބީޢުލްއާޚިރު‏-1442

 

26 ނޮވެންބަރު 2020
ހޯދާ