ދިވެހިރާއްޖެ
އެކެއް (1)އަހަރު ދުވަހުގެ މުއްދަތަށް، ކަނޑުމަގުން ރީޖަނަލް އެއަރޕޯރޓްތަކަށް ޖެޓް ފިއުލް އަދި އޭވީ ގޭސް ގެންގޮސްދިނުމަށާއި އަދި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް މުދާ ގެންގޮސްދޭނެ ފަރާތެއް (ދޯނި) ހޯދަން ބޭނުންވެއްޖެ
އެސްޓީއޯއަށް، އެކެއް (1) އަހަރު ދުވަހުގެ މުއްދަތަށް ތިރީގައި މިދަންނަވާ ބޭނުމަށް، 2 ދޯނި ހޯދަން ބޭނުންވެއްޖެ
1. ކަނޑުމަގުން ރީޖަނަލް އެއަރޕޯރޓްތަކަށް ޖެޓް ފިއުލް އަދި އޭވީ ގޭސް ގެންގޮސްދިނުން
2. އެސްޓީއޯގެ ރީޖަނަލް ފިހާރަތަކަށް މުދާ ގެންގޮސްދިނުން
ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
ބޭނުންވާ ދޯނީ ގެ އަދަދު: 02 (ދޭއް)
ބިޑުގައި ބައިވެރިވާ ފަރާތްތަކަށް 1 (އެކެއް) ނުވަތަ 2 (ދޭއް) ދޯނި ވެސް ހުށަހެޅިދާނެއެވެ.
މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީ ކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2020 ޑިސެމްބަރ 03 ވާ ބުރާސްފަތި ދުވަހުގެ 1400 ގެ ކުރިން ތިރީގައިވާ އީމެއިލް މެދުވެރިކޮށް ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2020 ޑިސެމްބަރ 03 ވާ ބުރާސްފަތި ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2020 ޑިސެމްބަރ 06 ވާ އާދީތަ ދުވަހުގެ 1400 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2020 ޑިސެމްބަރ 07 ހޯމަ ވަނަ ދުވަސް ނިމުމުގެ ކުރިން ހުށަހެޅިފައިވާ ސުވާލުތަކަށް ޖަވާބުދާރީ ވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުށަހަޅަންވާނީ އީމެއިލް މެދުވެރިކޮށް، 2020 ޑިސެމްބަރ 10 ވާ ބުރާސްފަތި ވަނަ ދުވަހުގެ 1400ގެ ކުރިން، tenders@sto.mv އީމެއިލް އެޑްރެސް އަށެވެ. އަދި ބީލަންކަރުދާސް ހުށަހެޅުމަށް ހަމަޖެހިފައިވާ ސުންގަޑީގެ ފަހުން ފޮނުވާ އެއްވެސް ބީލަމެއް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކާ ދަންނަވަމެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 33443، 3344295
އީމެއިލް: [email protected]
26 ނޮވެމްބަރ 2020