ވާދޫ ސްކޫލް، ރ. ވާދޫ
ދިވެހިރާއްޖެ
ޕީޓީއޭގެ ރުއްގަނޑު ކުއްޔަށް ދޫކުރުން

މިސްކޫލުގެ ޕީޓީއޭއިން ބަލަހައްޓަމުން ގެންދާ ޒުވާނުންގެ ރުއްގަނޑު ކުއްޔަށް ދޫކުރުމާއި ބެހޭ 

މިސްކޫލުގެ ޕީޓީއޭއިން ބަލަހައްޓަމުން ގެންދާ ޒުވާނުންގެ ރުއްގަނޑު ބީލަން އުސޫލުން އެންމެ މަތީ އަގެއް ހުށައަޅުއްވާ ފަރާތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަމެވެ.   

ވީމާ، މިކަމަށް ޝައުޤުވެރިވާ  ފަރާތްތަކުން  7 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 11:00 ށް މިސްކޫލަށް ދުރުވެ އަގުބަޔާންކޮށް ސިޓީ ހުށައެޅުއްވުން އެދެމެވެ. އަދި ހުށަހަޅުއްވާ ސިޓީ އުރައިގެ ބޭރުގައި "ޒުވާނުންގެ ރުއްގަނޑު ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަންވާނެއެވެ. މިކަމަށް އެދި ސިޓީހުށަހަޅުއްވާ ފަރާތްތަކުގެ ސިޓީތައްކެނޑުމަށް ހަމަޖެހިފައިވަނީ ސިޓީ ހުށަހެޅުއްވި ފަރާތްތަކުގެ ހާޟިރުގައެވެ. ސިޓީ ހުށަހަޅަން ބޭނުން ފުޅުވާ ފަރާތަކަށް  ހާޟިރުވެވެން ނެތް ނަމަ އެފަރާތެއްގެ ބަދަލުގައި އެކަން އަންގައިދޭ ލިޔުމަކާއި އެކު އެހެންފަރާތަކަށް ހާޟިރުވެވިދާނެއެވެ. އަދި ދަންނަވަމެވެ. ގަޑިޖެހޭ އިރު ހާޟިރުނުވެވޭ ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.                                         

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.                              

26 ނޮވެންބަރު 2020
ހޯދާ