ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް ހިންގާ ޤަވާއިދު އިސްލާހު ކުރުން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އައު ހިންގާ ކޮމިޓީ އިންތިހާބުވުމާއެކު ބޯޑުގެ ކުރިމަގު ބައްޓަން ކުރުމަށާއި ކްރިކެޓް ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެކުލަވާލެވެވުނު 120 ދުވަހުގެ ޕްލޭންގެ ދަށުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދު އިސްލާހު ކޮށް އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ނިންމަވާފައެވެ. 

ވީމާ މިމަސައްކަތަކީ ކްރިކެޓުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުގެ ހިއްސާ އެކުލެވޭނެ މަސައްކަތެއްކަމުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ހިންގާ ގަވާއިދަށް ގެންނަން ފެންނަ ބަދަލުތައް މިބޯޑުގައި ރަޖިސްޓްރީކުރެވިފައިވާ މެންބަރުން 15 ޑިސެމްބަރު 2020 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން ލިޔުމަކުން ނުވަތަ އީމެއިލް އިން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށް ހުށައަޅައިދެއްވުން އެދި ދަންނަވަމެވެ. މި ބޯޑުގެ ހިންގާ ގަވާއިދުގެ ކޮޕީ ބޯޑުގެ ވެބްސައިޓް   (www.maldivescricket.org) އިން ލިބިވަޑައިގަންނަވާނެއެވެ.

މިފުރުސަތުގައި މެންބަރުންގެ ފަރާތުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއަށް ދެއްވަވާ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަމެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 3325503 ނަންބަރާއި ގުޅުއްވުން އެދެމެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް

މާލެ ސްޕޯޓްސް ކޮމްޕްލެކްސް

26 ނޮވެންބަރު 2020
ހޯދާ