ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ބަނދަރުގައި މޮނިއުމެންޓެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

ހަނިމާދޫ ބަނދަރުގައި މޮނިއުމެންޓްއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.

 

ހަނިމާދޫ ކައުންސިލްއިން ހުށަހަޅާ ކުރެހުމާއި  އެއްގޮތަށް ހަނިމާދޫ  ބަނދަރު ސަރަޙައްދު ޒީނަތްތެރި ކުރުމަށްޓަކައި ރަށުގެ ނަން ހިމެނޭގޮތަށް މޮނިއުމެންޓެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 29 ނޮވެންބަރު 2020 (އާދީއްތަ) ދުވަހުން ފެށިގެން 03 ޑިސެންބަރު 2020 (ބުރާސްފަތި) ދުވަހާއި ދެމެދު މިއިދާރާއަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ.

 

މައުލޫމާތު ދިނުން – 06 ޑިސެމްބަރ 2020 ވާ (އާދީއްތަ) ދުވަހުގެ 10:30 ގައި

އަންދާސީ ހިސާބު ހުށަހެޅުން – 13 ޑިސެމްބަރ 2020 ވާ (އާދީއްތަ) ދުވަހުގެ 10:30 ގައި

 

މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މައުލޫމާތު ސެޝަންގައި ބައިވެރި ވެލެއްވޭނީ ނަންނޯޓް ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ.

26 ނޮވެންބަރު 2020
ހޯދާ