މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ ބިން ކުއްޔަށް ދޫކުރުމާއިބެހޭ

މަހުގެ ބާވަތްތައް ޕްރޮސެސް ކުރުމަށާއި، ނަފާވެރި އިޤްތިޞާދީ އެހެނިހެން މަސައްކަތްތައް ކުރުމަށް ރަށުގެ އިރުމަތީކޮޅު ސިނާއީ ސަރަޙައްދުންނާއި ރަށުގެ ހުޅަނގުކޮޅުން 06 މަސްދުވަހުގެ މުއްދަތަށް ތިރީގައިވާ ބިންތަކަށް އަގު ހުށަހެޅުމަށް ހުޅުވާލަމެވެ.

ވީމާ ތިރީގައިވާ ބިންތަކުގެ ތެރެއިން ބިމެއް ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 2020 ޑިސެމްބަރ 08ވަނަ ދުވަހު 13:00އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2020 ޑިސެމްބަރ 15ވަނަ ދުވަހުގެ 13:00އަށް އަގުހުށައެޅުއްވުން އެދެމެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ދުވަހު، ހުށައެޅުއްވި ފަރާތްތަކުގެ ހާޟިރުގައި އެގަޑީގައެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނުނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ. އަންދާސީ ހިސާބާއެކު ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަން ވާނެއެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި، އިޢުލާނު ނަންބަރު އަދި " ބިން ކުއްޔަށް ހިފުމަށް އެދި " މިހެން ލިޔެފައި އޮންނަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ކުއްޔަށް ދޫކުރާ ބިންތަކާއިބެހޭ މަޢުލޫމާތު

 

ބިން އޮތްތަން

ބިމުގެ ބޮޑުމިން

ހުށައެޅޭއެންމެ ދަށްއަގު(އަކަފޫޓަކަށް)

1

ކުރީގެ ފެލިސިޓީއަށް ދޫކޮށްފައިވާބިން

5743.4އަކަފޫޓް

70/0 (ހަތްދިހަ ލާރި)

2

ކުރީގެ ޓްރާންސް އޯޝަނަށް ދޫކޮށްފައިވާ ބިން

10،000 އަކަފޫޓް

70/0 (ހަތްދިހަ ލާރި)

3

ފައިވްސްޓްރ 03،4 ނަންބަރ ގުދަން

3720 އަކަފޫޓް

70/0 (ހަތްދިހަ ލާރި)

4

ފައިވްސްޓަރ 08 ނަންބަރ ގުދަން

3932 އަކަފޫޓް

70/0 (ހަތްދިހަ ލާރި)

އެހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ނޮވެންބަރު 2020
ހޯދާ