ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ޕްރީ އިސްކޫލު މުދައްރިސުންނަށް ބާއްވާ އޮންލައިން ކޯސް

ދިވެހިބަހުގެ އަދަބީ ހުނަރުތަކާއި ބަހުގެ ގަވާއިދުތަކާއި ލިޔުންތެރިކަން ކުރިއަރުވަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ޓަކައި  އެކެޑަމީން  މި އަންނަނީ އެކިއެކި ކޯސްތަކާއި ކިލާސްތައް އޮންލައިނުކޮށް ހިންގަމުންނެވެ. އެ ގޮތުން  ޕްރީ އިސްކޫލު މުދައްރިސުންނަށް އަމާޒުކޮށްގެން ދިވެހިބަހުގެ ފެންވަރު މަތިކުރުމަށް ޚާއްޞަ  އޮންލައިން ކޯހެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.   

 

 

ކޯސް ހިންގާނީ: އޮންލައިންކޮށް (ޒޫމް)

ކޯސް އަމާޒު ކުރާ ފަރާތް: ޕްރީ އިސްކޫލު މުދައްރިސުން 

ކޯސް ފަށާ ތާރީޚު: ޑިސެންބަރު މަހު މެދުތެރޭގައި

ކޯސް ފީ: ހިލޭ 

 

ބައިވެރިވާން އެދޭ ފޯމު 

                   

       ވީމާ، މި ކޯހުގައި ބައިވެރިވާން ބޭނުންވާ  ޕްރީ އިސްކޫލު މުދައްރިސުން، މި ކޯހުގައި ބައިވެރިވާން އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު 2020  ޑިސެންބަރު 06ވާ އާދީއްތަ ދުވަހުގެ 14:00ގެ ކުރިން މި އެކެޑަމީއަށް އެ ފޯމު ހުށަހެޅުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުން ނަމަ 7986230އާ ގުޅުން އެދެމެވެ.  

25 ނޮވެންބަރު 2020
ހޯދާ