ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި ރުއްތައް ކުއްޔަށްދިނުމާ ބެހޭ

އިޢުލާން

 

ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި ރުއްތައް ކުއްޔަށްދިނުމާ ބެހޭ

 

ކުނަހަންދޫ ކައުންސިލް އިދާރާގެ ގޯތިތެރޭގައި ހުރި ރުއްތައް 1 ( އެކެއް) އަހަރު ދުހަށް ކުއްޔަށް ނަގާނެ ފަރާތެއް

ހޯދަން ބޭނުންވެއްޖެއެވެ.

 

 ވީމާ، މިރުއްތަށް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 ޑިސެމްބަރު 2020ވާ އާދިއްތަ ދުވަހުގެ 13:00 ށް ކުނަހަންދޫ ކައުންސިލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ޑިސެމްބަރު 2020 ވާ  އަންގާރަ ދުވަހުގެ 13:00 ށް ބިޑް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.               

                10  ރަބީޢުލް އާހިރު 1442

                25  ނޮވެމްބަރ    2020              

 

25 ނޮވެންބަރު 2020
ހޯދާ