ސްކޫލް އޮފް ނަރސިންގ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާރޓް ޓައިމް ލެކްޗަރާރ އިން ހޯދުމަށް

 

ސްކޫލް އޮފް ނަރސިންގ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ

ހަނދުވަރީ ހިނގުން

މާލެ (20318)، ދިވެހިރާއްޖެ

ފޯން: 3346555

www.mnu.edu.mv

[email protected]

                               ނަންބަރު:MNU-SN/2020/03 

އިޢުލާން

 

ސްކޫލް އޮފް ނަރސިންގ އިން މާލެ އާއި އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ހިންގާ  ޑިޕްލޮމާ އިން ނަރސިންގ، ބެޗްލަރ އޮފް ނަރސިންގ އަދި މާސްޓަރސް އިން ނަރސިންގ ކޯސްތަކުގެ މާއްދާތަށް ޕާރޓް ޓައިމްކޮށް ކިޔަވައި ދިނުމާއި، ކިޔަވައިދިނުމާ ގުޅުންހުރި މަސައްކަތްތަކަށް  ލެކްޗަރަރ އިން ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، ކިޔަވައި ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 07 ޑިސެމްބަރ 2020 (ހޯމަ) ދުވަހުގެ 12:00 ކުރިން ސްކޫލް އޮފް ނަރސިންގ އަށް، ހުށައަޅުއްވާ ލިޔުން ތަކާއެކު ސިޓީ ފޮނުއްވުން އެދެމެވެ.

 

ޓީޗަރުގެފެންވަރު ނުވަތަ ޝަރުތު:    ގުޅޭ ދާއިރާއިން އެންމެ ދަށްވެގެން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ޙާޞިލްކޮށްފައި ވުމާއި އެކު 2 އަހަރު ދުވަހުގެ މާއްދާ އާއި ގުޅުން ހުރި ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

 

ކިޔަވައި ދޭންޖެހޭ މުއްދަތު:       16 ޑިސެމްބަރު އިން 31 ޖެނުއަރީ 2021 ގެނިޔަލަށް

މަޤާމުގެ މައްސޫލިއްޔަތުތަށް:      ލެކްޗަރ ގަޑިތައް އަދި ޓިއުޓޯރިއަލްގެ މާއްދާތަކުގެ  އައުޓްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން އެމާއްދާއެއްގެ ޓެސްޓުޕޭފަރ އެކުލަވާލާ، އެސައިންމަންޓް ތައްޔާރުކޮށް މާރކްކުރުމާއި ޓައިމް ޓޭބަލާއި އެއްގޮތަށް ކްލާސްތައް ބޭއްވުން. ހުރިހާ ގަޑިތަކެއް ނަގާ ދޭންވާނީ މި ސްކޫލުން ހަދާފައިވާ ޓައިމްޓޭބަލާއި އެއްގޮތަށެވެ.

އުޖޫރަ:  

- ލެވެލް 100 ނުވަތަ އެއަށްވުރެ ދަށުގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/200 ރުފިޔާ

- ލެވެލް 200 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/225 ރުފިޔާ

- ލެވެލް 300 އަދި 400 ގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/275 ރުފިޔާ

- ލެވެލް 500 ނުވަތަ އެއަށްވުރެ މަތީގެ މާއްދާތަކަށް 60 މިނިޓްގެ ކޮންމެ ގަޑިއަކަށް -/500 ރުފިޔާ

މީގެ އިތުރަށް މާރކުކުރާ އެސައިންމަންޓް ތަކަށާއި، އިމްތިހާން ކަރުދާސް މާރކުކުރުމަށް ހަމަޖެހިފައިވާ އުސޫލުން އުޖޫރަ ދެވޭނެއެވެ

 

ހުށަހަޅަންޖެހޭ ލިއުންތައް:

1.  ކިޔަވައިދޭ މާއްދާގެ ރޮގުން ތަޢުލީމު ފުރިހަމަ ކޮށްފައިވާކަމުގެ ސަނަދު (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަޞްލު)

2.  ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3.  ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

 

ނޯޓް: (ފާއިތުވި އަހަރުގައި ސްކޫލް އޮފް ނަރސިނގް ގައި ޕާޓްޓައިމް ކޮށް ކިޔަވައިދެއްވާފައިވާނަމަ، އެކަންބަޔާން ކުރައްވާ ސެޓްފިކެޓް ތަކުގެ ކޮޕީ ހުށަނޭޅުއްވިޔަސް ފުދޭނެއެވެ.)

25 ނޮވެމްބަރ 2020

25 ނޮވެންބަރު 2020
ހޯދާ