ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓް ވަޒީފާގެ ފުރުޞަތު (އިމާމު-މުދިމު)

ވޭޖް އެމްޕްލޯއިމަންޓް ވަޒީފާގެ ފުރުޞަތު (އިމާމު-މުދިމު)

ލ.ކުނަހަންދޫ މިސްކިތްތަކުގައި ވޭޖް އެމްޕްލޯއިމެންޓް އުސޫލުން 1ޖެނުވަރީ2021 ން 31ޑިސެމްބަރު 2021 ގެެ ނިޔަލަށް މިސްކިތްތަކުގެ އިމާމުންނާއި މުދިމުން އަހަރީ ޗުއްޓީ، ސަލާމް، ޢާއިލީ ޒިންމާގެ ޗުއްޓީ އަދި އެހެނިހެން ޗުއްޓީގައި ތިއްބަވާ ދުވަސްތަކުގައި ކުނަހަންދޫ މިސްކިތް ތަކުގައި ބަންގިގޮވުމާއި ޖަމާޢަތުގައި އިމާމްވެ ނަމާދު ކޮށްދޭނެ އިމާމުން / މުދިމުން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ވޭޖް އެމްޕްލޯއިމަންޓް އުޞޫލުގެ ދަށުން ނަގަން ބޭނުންވެއްޖެއެވެ.

 

މަގާމް:

އިމާމު،މުދިމު

ބޭނުންވާ އަދަދު

03

މަގާމުގެ ގިންތި

ވޭޖް އެމްޕްލޯއިމަންޓް (ވަގުތީ)

މަގާމު އޮތް އޮފީސް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ( ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ)

ވަޒީފާއަދާކުރަންޖެހޭ ތަން

ލ.ކުނަހަންދޫ މިސްކިތް ތަކުގައި

މަގާމުގެ ރޭންކް، ދުުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު އަދި މަސައްކަތްކުރާ ގަޑިއިރަކަށްޖެހޭ ފައިސާގެ އަދަދު

މަގާމް

ވަޒީފާގެ ޝަރުތު

ރޭންކް

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު

މަސައްކަތްކުރާ ގަޑިއަކަށް

އިމާމު

ސަނަދު އޮންނަ މީހަކަށް

GS3

5 ގަޑިއިރު

61.00 ރުފިޔާ

މުދިމު

ސަނަދު ނެތް މީހަކަށް

GS1

5 ގަޑިއިރު

53.00 ރުފިޔާ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. މިސްކިތު އިމާމުން ޗުއްޓީ ނެގުމުން (އަހަރީޗުއްޓީ، ސަލާމް، ޢާއިލީ ޒިންމާގެ ޗުއްޓީ އަދި އެހެނިހެން ޗުއްޓީގައި ހުންނަ ދުވަސްތަކުގައި) ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތިން ކުނަހަންދޫ މިސްކިއްތަކުގައި ބަންގިގޮވުމާއި، ޖަމާޢަތުގައި އިމާމްވެ ނަމާދުކުރުން.
  2. ކައުންސިލް އިދާރާއިން ހަމަޖައްސާ ގޮތެއްގެމަތިން އިމާމްވެ ކޭތަނަމާދާއި ކަށުނަމާދު ކުރުން.
  3. މިސްކިތުގެ ސައުންޑު ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ރަށުކައުންސިލްގެ އިދާރާއަށް އެންގުން.
  4. މިސްކިތު މަސައްކަތު މީހުންގެ ޙާޟިރީ ޗެކްކުރުން
  5. މިސްކިތު މަސައްކަތު މީހުން ހާޒިރުނުވާ ވަގުތުތަކުގައި މިސްކިތުގެ ފަންކާތަކާއި ބޮކިތައް ދިއްލުމާއި ނަމާދުކޮށް ނިމިގެންދަމުން ބޮކި، ފަންކާ، އޭސީ، ހޮޅިބުރި ނިއްވައި ދޮރުފަތް ލެއްޕުން.

މަގާމުގެ ޝަރުޠު:

  1. އިމާމް ކަމުގެ ސެޓްފިކެޓް ލިބިފައިވުން، ނުވަތަ؛
  2. މުދިމްކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ؛
  3. ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ؛
  4. ދީނީ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 އަށްވުރެ މަތީ ސަނަދެއް ލިބިފައިވުން، ނުވަތަ؛ 
  5. ބަންގި ގޮވައި، އިމާމުވެ ނަމާދުކުރަން އެނގޭތޯ ބެލުމަށް ކުރެވޭ އިންޓަވިއު އިން ފާސްވުން. (މި ޝަރުޠު ހަމަވޭތޯ ބަލާނީ މަޤާމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ އެއްވެސް ސަނަދެއް ލިބިފައި ނުވާ ފަރާތްތަކަށެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމް (ކުނަހަންދޫ ކައުންސިލް އިދާރާއިން ދޫކުރާ)
  2. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަންއެގޭ ފަދަ ކޮޕީއެއް.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ  އޮފީހުގެ ލިޔުން.
  4. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓް ތަޖުގެ ކޮޕީ.
  5. ރާއެޖޭގެ ރަޖިސްޓްރީކޮށްގެން ހިންގާ މަތީތައުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރްގްރާމްތަކުގެ ކޮޕީ ނުވަތަ ކޯސްފުރިހަމަ ކޮށްފައިވާ ކަމުގެ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ތަޢުލީމް

2. ތަމްރީނު

3. މަސައްކަތު ތަޖުރިބާ

4. ލިބިފައިވާ ހުނަރު (ޕްރެކްޓީކަލް)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2020 ޑިސެމްބަރު 03 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ލ.ކުނަހަންދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ/[email protected]   [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 06 ޑިސެމްބަރ 2020 އިން 17 ޑިސެމްބަރ 2020 އާއިދެމެދު ލ.ކުނަހަންދޫ ކައުންސިލްގެ އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. (އިންޓަވިއުގެ ތާރީޚާއި ގަޑިއަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް މިއިދާރާ އިން އަންގާނެއެވެ.)

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މިއިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9995970 ނަންބަރު ފޯނާއިއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

 

 

 

10 ރަބީއުލް އާޙިރު 1442

25 ނޮވެންބަރުު 2020

25 ނޮވެންބަރު 2020
ހޯދާ