މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަސައްކަތު

ށ.ބިލެތްފަހީ މަސްޖިދުލް އިނާރާގެ މަސައްކަތު މީހެއްގެ މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލަމެވެ.

މަޤާމު

މަސައްކަތު

މަޤާމުގެ ނަމްބަރ

J-307224

ބޭނުންވާ ޢަދަދު

1

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ / މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ މަސްޖިދުލް އިނާރާގައި

މުސާރަ

3100.00 ރުފިޔާ (މަހަކު)

ސަވިސް އެލަވަންސް

1000.00 ރުފިޔާ (މަހަކު)

ސަޕޯޓިންގކޯއެލަވަންސް

1200.00 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް

1-      ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2-      ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3-      ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަސައްކަތުގެ ޝަރުތު

ލިޔަންކިޔަން އެނގުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް

1- ރަށު ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާވަލަކާއި އެއްގޮތަށް ކަނޑައަޅާ މިސްކިތުގެ އިމާމު/

  މުދިމު އަންގާ ގޮތެއްގެ މަތިން މަސައްކަތްކުރުން.

2- ރަށު ކައުންސިލްގެ އިދާރާއިން އިންތިޒާމް ކުރާގޮތެއްގެމަތިން މިސްކިތް ކުނިކަހާ، ފޮޅާ، ސާފު

 ކުރުމާއި، ފެންއިސްކުރު ބަރިއާއި، ފާޚާނާ ދޮވެސާފުކުރުން.

3- މިސްކިތުގެ ގޯތިތެރެއާއި، މިސްކިތާ އިންވެގެންހުންނަ މަގުތަކުގެ މިސްކިތާވީ ފަޅި  ވިނަނޮޅާ

ކުނިކަހާ، ސާފުކޮށް، މިތަންތަނުން ނެގޭކުނި އުކާލުން.

4- މިސްކިތުގެ އިމާމު އަންގާގޮތެއްގެ މަތިން ކޮންމެ ދުވަހަކުވެސް މިސްކިތަށްގޮސް  ދޮރުތަކާއި،

ދޮރުފަތްތަކާއި، ކަބަޑްތަކާއި، ފަންކާތަކާއި، ލައިޓްތައް ސާފުކޮށް ބެލެހެއްޓުން.

5- ކޮންމެ ނަމާދުވަގުތެއް ޖެހުމުގެ 15 މިނިޓް ކުރިން  މިސްކިތަށްގޮސް ކަންކަންބަލާ، ރަނގަޅު

 ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް، އެވަގުތަކަށް ބޭނުންވާ ވަރަށް ފަންކާތައް ޖައްސާ، ނަމާދުކޮށް  ނިމުމުން ބޭނުންނުވާ ފަންކާތައް ނިއްވުން.    

 6- މިސްކިތުގެ ފެންވަޅާއި،  ޖަންކްޝަންތައް ދިޔަހިއްކާ،  މިސްކިތާއި،  ފެންއިސްކުރުބަރީގެ

    ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުން.

7- މިސްކިތަށް ލިބެމުންދާ ގެއްލުންތައް ވީއެންމެ އަވަހަކަށް މުދިމު/ އިމާމު އަށާއި، ރަށު ކައުން

ސިލްގެ އިދާރާއަށް އަންގަމުން ގެންދިއުން.

8- ރަށު ކައުންސިލްގެ އިދާރާއިންނާއި، އިމާމު/ މުދިމު ހަމަޖައްސާ ގޮތެއްގެ  މަތިން މިސްކިތުގެ

   ގޯތިތެރޭގައި ގަސްއިންދާ، ގަސްތައްކޮށާ، ގަސްތަކަށް ފެންދީ ބެލެހެއްޓުން.

9- މީގެ އިތުރުންވެސް މިސްކިތާއި ގުޅިގެން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން. 

 

 

10- ކައުން ސިލްގެ އިދާރާއިން ކުރިއަށްގެންދާ ޚާޞަ މަސައްކަތް ތަކުގައި ބައިވެރިވުމާއި، ކައުން

   ސިލް ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.               

ހުށައަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކުރައްވާފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް. (މިފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ

 ވެބްސައިޓުންނާއި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޫނެ ފޯނު ނަމްބަރާއި، އީމެލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށްއެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް

 ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުއައްޒަފުން  ކުރިމަތިލާ

މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފިހުގެ ލިޔުން.    

5. ލިބިފައިވާ ހުރިހާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. 

6. މަސައްކަތުގެ ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ.

 

މަޤާމުގެ ޝަރުތުތައް

ލިޔަންކިޔަން އެނގުން

* ނޯޓް:  ލިޔަންކިޔަން އެނގޭކަން  ދެނެގަންނާނީ، ދައްވެގެން  ގްރޭޑް 5 ނިންމިކަމުގެ ލީވިންގް   ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާއިބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ލިޔަންކިޔަން އެނގުމާއިއެކު ގިނަވަގުތު މަސައްކަތުގައިއުޅެވޭ ހީވާގި މީހެއްކަމުގައިވުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި  ހުށަހަޅަންޖެހޭ ތަކެތި  ހުށަހަޅާނީ  07 ޑިސެމްބަރ 2020 ވާ  ހޯމަ ދުވަހުގެ 12:00 ގެ

ކުރިން މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާއަށެވެ.ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް

އަދި ފެކްސް  މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected]އެވެ.

އަދި ފެކްސް ނަމްބަރަކީ (6540047) އެވެ. އެޕްލިކޭޝަން ފޯމާއިއެކު  ހުށަހަޅަންޖެހޭ ހުރިހާ  ލިޔުންތައް  

ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ފޯމް ބާޠިލް ކުރެވޭނެއެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 08 ޑިސެމްބަރ 2020 އާއި 10 ޑިސެމްބަރ 2020

އާއި ދެމެދު މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށްކުރިމަތިލާ  ފަރާތްތަކުން، އެ ތާރީޚްތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

  

ޝޯޓްލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން  ތަޢްލީމީ ފެންވަރާއި، ތަޖްރިބާއަށް ބަލައި،  ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް

މި އިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރުމަށް ގުޅާނީ (6540047) މި ނަމްބަރު ފޯނާއެވެ. ފެކްސް ނަމްބަރަކީ (6540047) އެވެ. އީމެއިލް ކުރާނީ            [email protected]          

 

25 ނޮވެންބަރު 2020
ހޯދާ