މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
4 ރަށެއްގެ އީ.އެސް.އެމް.ޕީ އަޕްގްރޭޑްކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު

4 ރަށެއްގެ އީ.އެސް.އެމް.ޕީ އަޕްގްރޭޑްކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް

 

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ ސާފު ރާއްޖެ – މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން 6 ރަށެއްގެ އީ.އެސް.އެމް.ޕީ އަޕްގްރޭޑްކުރުމަށް ކޮންސަލްޓަންޓެއް ހޯދުމަށް ކުރެވުނު އިޢުލާނުގެ ސްކޯޕަށް ބަދަލު އައުމާއި ގުޅިގެން ކުރިން ކުރެވުނު އިޢުލާން ބާތިލްކޮށް އަލުން މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރަސްޓް" ހުށަހެޅުމުގެ ދަޢުވަތު އަރުވަމެވެ.

މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް "ޓީ. އޯ. އާރް" ނެޝަނަލް ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ޓީ. އޯ. އާރް ގައި ބަޔާންކުރެވިފައިވާނެއެވެ.

މި މސައްކަތަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިއެކިއުންތައް:

 

  • ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • ޕްރައިސް ޕޮރޮޕޯސަލް
  • މި މަސައްކަތައް ޝައުގުވެރިވާ ފަރާތުގެ ވަނަވަރު، ވަނަވަރުގައި ކުރީގެ ތަޖުރިބާ ރަނގަޅަށް އެނގޭނެހެން ތަފްޞީލްކޮށް ލިޔެފައި ހުންނަންވާނެއެވެ.
  • މިފަދަ ޙިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިއުންތައް
  • ހުށަހަޅާފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ / ޕާސްޕޯޓް ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި - ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން 03 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 ކުރިން ހުށަހެޅުމަށްދަންނަވަމެވެ. އަދި ޕްރޮޕޯސަލްތައް ހުޅުވުން އޮންނާނީ 03 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 10:00 މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

 

އިތުރު މަޢުލޫމާތު ހޯދުމަށް:

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

ނަންބަރު: +960 3018300

އީމެއިލް:  [email protected]

25 ނޮވެންބަރު 2020
ހޯދާ