ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް

މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 12 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ.

މަޤާމް އޮތް ޔުނިޓް:

ކޯޕަރޭޓިވް އެފެއާރޒް ޔުނިޓް

ދާއިރާ:

ކައުންސިލް ބިއުރޯ

މުސާރައާއި އެލަވަންސް:  

އަސާސީ މުސާރައިގެ ގޮތުގައި މަހަކު ޖުމްލަ 4,465/- (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަހެއް) ރުފިޔާ

 ސާރވިސް އެލަވަންސަށް މަހަކު ޖުމްލަ  1,500/- (އެއްހާސް ފަސްސަތޭކަ) ރުފިޔާ،  ސަޕޯޓިންގ ކޯ އެލަވަންސަށް މަހަކު ޖުމްލަ 700/-(ހަތްސަތޭކަ) ރުފިޔާ

 - ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

- ސިވިލް ސާރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ޢާއްމުކޮށްމަސައްކަތް ކުރަންޖެހޭ ގަޑިތައް:

  • ރަސްމީ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 14:00 އަށް،
  • އަދި މީގެ އިތުރުން އިދާރާއިން ކަނޑައަޅާ ވަގުތުތަކުގައި.

ތަޢްލީމީ ފެންވަރު:

1-   ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

2-   ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

3-   ސާނަވީ ނުވަތަ އެއާއި އެއްފަންވަރުގެ އިމްތިޙާނަކުން ދަށްވެގެން ޑީ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް އިމްތިޙާނަކުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ނުވަތަ

4-   ގްރޭޑް 10 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތުގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ޚިދުމަތް ލިބިގަންނަ ފަރާތްތަކާއި މުޢާމަލާތުކުރުމުގެ ހުނަރު.
  2. މައިކްރޯސޮފްޓް ވޯޑް ، އެކްސެލް ބޭނުންކޮށްގެން ލިޔުންތައް ތައްޔާރުކުރުމާއި މަޢްލޫމާތު ލިޔެ ބަލަހައްޓަން އެނގުން.
  3. ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން.    

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކައުންސިލްގެ ބިއުރޯގައި މަސައްކަތް ކުރުމާއި ކައުންސިލްގެ ބައްދަލުވުންތަކަށް ޙާޟިރުވެ، ލިޔުންތައް ބެލެހެއްޓުމާއެކު ކައުންސިލުގެ ޕާރފޯމަންސް އިންޑެކްސްއަށް ބޭނުންވާ މަޢްލޫމާތުތައް ދުވަހުންދުވަހަށް ލިޔެ ބެލެހެއްޓުން.
  2. ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ފައިލުކޮށް ބެލެހެއްޓުން.
  3. އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުމާއި އެ ކޮމެޓީގެ އިދާރީ މަސައްކަތްތަކުގެ ތެރެއިން ސުޕަރވައިޒަރ ޙަވާލުކުރާ މަސައްކަތްތައް ކުރުން.
  4. ކައުންސިލަރުންނާއި ބައްދަލުވުމަށް އަންނަ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހަމަޖެއްސުމާއި ކައުންސިލުގެ ރަސްމީ ދަތުރުތައް އިންތިޒާމް ކުރުމާއި ދަތުރުތަކުގައި ބައިވެރިވުން.
  5. ކައުންސިލުގެ އިދާރާއިން ކުރިޔަށް ގެންދާ ޚާޢްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުމާއި، ޚާޢްސަ ޙާލަތުތަކުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  6. ކައުންސިލްގެ މަސައްކަތާއި ގުޅޭ ރެކޯޑްތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، ކައުންސިލުން އަންގާ ގޮތެއްގެ މަތިން މީޑިއާއަށް ޙިއްސާ ކުރަންޖެހޭ މަޢްލޫމާތު ތައްޔާރުކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1-   ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމް.

2-   ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-   ތަޢްލީމީ ސަނަދުތުތަކުގެ ކޮޕީ.

4-   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ.

ސުންގަޑި:

03 ޑިސެމްބަރ 2020 ވަނަ ދުވަހުގެ 13:00 ގެ ނިޔަލަށް.

         

 

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ފޯމު ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދޭ ފޯމު މި އިދާރާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. މި ވަޒީފާއަށް މީހުން ނެގުމުގައި މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.  

24 ނޮވެންބަރު 2020
ހޯދާ