ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ
ދިވެހިރާއްޖެ
އެސިސްޓެންޓް ހެލްޕްޑެސްކް އޮފިސަރ، އައި.ޓީ

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް ހެލްޕްޑެސްކް އޮފިސަރ، އައި.ޓީ

މަޤާމުގެ ނަންބަރު:

J-242399

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ސީ.އެސް 5-1

މަޤާމުގެ ކްލެސިފިކޭޝަން:

އިންފޮމޭޝަން ޓެކްނޯލޮޖީ ޓެކްނީޝަންސް އެންޑް އެސޯސިއޭޓް ޕްރޮފެޝަނަލްސް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ސެންޓަރ، ފުވައްމުލައް ސިޓީ

މުސާރަ:

-/4,920 ރުފިޔާ

ސަރވިސް އެލަވަންސް:

-/2,500 ރުފިޔާ

އެހެނިހެން އެލަވަންސް:

ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސިސްޓަމްތައް ބޭނުންކުރައްވާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހައްލުކުރި ގޮތުގެ މައުލޫމާތު ޓްރެކްކޮށް ބެހެލެއްޓުމަށްޓަކައި ހައްލު ކުރިގޮތުގެ ޑޮކިއުމެންޓޭޝް ހަދައި ޑޮކިއުމެންޓޭޝަންތައް ބަލަހައްޓައި ކަސްޓަމަރ ސަރވިސް ލެވެލްތައް ބަލައި، ޕްރޮގްރެސް ރިޕޯޓް ތައްޔާރުކުރުން. ކީ ޕާރފޯމަންސް އިންޑިކޭޓާރ އާއި އެއް ފެންވަރަށް ނުވަތަ އެއަށްވުރެ ރަނގަޅަށް މައްސަލަތައް ހައްލުކުރެވިފައިވޭތޯ ބެލުމަށް ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު ހަދަން ޖެހޭ ރިޕޯޓްތައް ހެދުން
  2. ސިސްޓަމްތައް ބޭނުންކުރައްވާ ފަރާތްތަކަށް ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ލޮގްކޮށް، ޓްރެކްކޮށް، ސަރވިސް ލެވަލްއާއި އެއްގޮތަށް ހައްލުކުރުން. އަދި މައްސަލަތައް ހައްލުވެފައިވާކަން މައްސަލަތައް ހުށަހެޅުއްވި ފަރާތަށް އަންގައި ފީޑްބެކް ހޯދާ، މައްސަލަތައް ހުށަހަޅުއްވާ ފަރާތް ހިތްހަމަ ޖެހޭވަރަށް މައްސަލަ ހައްލުކުރެވިފައި ވޭތޯބެލުން. އީ-ގަވަރމަންޓް އަދި ސަރުކާރުގެ ކޮމްޕިއުޓަރ ވިއުގައަށް ދިމާވާ މައްސަލަތަށް ބަލާ، ބަޔާންކުރެވިފައިވާ ޕްރޮސީޖަރގައިވާ ގޮތުގެމަތިން މައްސަލަހައްލުކޮށް ބެލެހެއްޓުން
  3. އީ-ގަވަރމަންޓް އޮޕްރޭޝަންސްއަށް އެކިއެކި ފަރާތްތަކުން ހުށައަޅާ މައްސަލަތައް ހުށަހަޅުއްވާ ފަރާތް ހިތްހަމަ ޖެހޭވަރަށް މައްސަލަ ހައްލުކުރެވިފައި ވޭތޯބެލުމަށްޓަކައި ޗެކްލިސްޓް އަދި ފްލޯޗާޓް ތައްޔާރުކޮށް އެއާއި އެއްގޮތަށް މަސައްކަތް ކުރުން އަދި މިގޮތަށް ކުރިއަށް ގެންދިޔުމަށް ބާރު އެޅުން
  4. އެން.ސީ.އައި.ޓީގެ ޕްރޮސީޖަރތަކާއި، ކުއަލިޓީ މެނުއަލްތަކާއި އަދި ޗެކްލިސްޓްތަކާއި އެއްގޮތައް ކަނޑައަޅާފައިވާ ވަގުތައް ހަވާލުކުރާ މަސައްކަތްތައް ނިންމުން
  5. އިންފޮމޭޝަން ޓެކްނޯލޮޖީ ދާއިރާއިން ކުރަންޖެހޭ ފަންނީ މަސައްކަތްތައް ކުރުން. އަދި މިދާއިރާއާއި ގުޅޭގޮތުން، ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކުން ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން
  6. އީ-ގަވަރމަންޓްއާއި ގުޅިގެން ދެވޭ ޚިދުމަތްތައް، ޚިދުމަތްލިބިގަންނަ ފަރާތްތައް ހިތްހަމަޖެހޭ ފެންވަރަށް ފޯރުކޮށްދިނުމާއި ޚިދުމަތުގެ ފެންވަރު ރަގަޅުކުރުމަށް ޚިޔާލު ހުށަހަޅާ ޕްރޮސީޖަރއަށް ގެންނަންޖެހޭ އިސްލާޙުތައް ގެނައުމަށް ޢަމަލީގޮތުން މަސައްކަތްކުރުން
  7. މެންޑޭޓްގައިވާ އެހެނިހެން މަސައްކަތްތައް ހާސިލް ކުރުމަށް އެން.ސީ.އައި.ޓީގެ މުވައްޒަފުންނާއިއެކު މަސައްކަތްކުރުން

މަޤާމުގެ ޝަރުޠުތައް: 

1. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އައި.ޓީ.އައި.އެލް ފައުންޑޭޝަން ސަނަދު ހާސިލްކޮށްފައިވުމާއެކު އައި.ޓީ ސަރވިސް މަސައްކަތުގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2. ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ސަނަދެއް ނުވަތަ މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައިވުމާއެކު، އައި.ޓީ ސަރވިސް މަސައްކަތުގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

3. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އައި.ޓީ.އައި.އެލް ޕްރެކްޓިޝަނަރ ސަނަދު ހާސިލްކޮށްފައިވުމާއެކު، އައި.ޓީ.އައި.އެލް ފައުންޑޭޝަން ސަނަދު ހާސިލްކޮށްފައިވުމާއެކު، އައި.ޓީ ސަރވިސް މަސައްކަތުގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ނުވަތަ މަގާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

ގުޅޭ ވަޒީފާގެ ދާއިރާ

  • އިންފޮމޭޝަން ޓެކްނޯލޮޖީ

ތަޢުލީމީ ރޮނގު

  • ކޮމްޕިއުޓަރ ސައިންސް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާ ނަމަ، އެ ސެޓުފިކެޓްގެ ކޮޕީ. 

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:   

 (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 (ނ) ދައުލަތުގެ އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އުވާލާފައިވާ ތަންތަނުގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

 (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ/ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ/ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނީ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ގާބިލް ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ. ވަޒީފާއަށް އެންމެ ގާބިލް ފަރާތް ހޮވުމަށް ބެލޭނީ ސިވިލް ސަރވިސް ކޮމިޝަނުން ފާސްކޮށްފައިވާ، އިންފޮމޭޝަން ޓެކްނޯލޮޖީގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ "ރެކްރޫޓްމަންޓް ޓޫލްކިޓް" ގައިވާ "އިންފޮމޭޝަން ޓެކްނޯލޮޖީ ޓެކްނީޝަން އެންޑް އެސޯސިއޭޓް ޕްރޮފެޝަނަލްސް" ގައިވާ ގޮތުގެ މަތިންނެވެ.

މިގޮތުން:

ތަޢުލީމާއި ތަމްރީން: %20

އިމްތިޙާން: %30

މަސައްކަތުގެ ތަޖުރިބާ: % 20

ލިބިފައިވާ ހުނަރު: %30

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޑިސެމްބަރު 2020 (ބުރާސްފަތި) ގެ 13:00 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ.

 

އިންޓަވިއު، އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާނު އޮންނާނީ، 08 ޑިސެމްބަރ 2020 އާއި 24 ޑިސެމްބަރ 2020 އާ ދެމެދު، ސޮފްޓްވެއަރ ޑިވެލޮޕްމަންޓް ސެންޓަރ، ފުވައްމުލައް ސިޓީގައެވެ.

އަދި މި މުއްދަތުގެ ތެރޭގައި އޮންލައިންކޮށް މިމަގާމުގެ އިންޓަރވިއު ބޭއްވޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 5 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

އިންފޮމޭޝަން ޓެކްނޯލޮޖީގެ ވަޒީފާތަކަށް މުވައްޒަފުން ހޮވުމާއި ޢައްޔަންކުރުމުގައި ބޭނުންކުރާނެ "ރެކްރޫޓްމަންޓް ޓޫކްކިޓް" ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ވެބްސައިޓް (https://www.gov.mv/dv/jobs-and-procurements/it-recruitment-toolkit) އިން ލިބެން ހުންނާނެއެވެ.

           09 ރަބީޢުލްއާޚިރު 1442

           24 ނޮވެމްބަރ 2020

 

24 ނޮވެންބަރު 2020
ހޯދާ