މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންގެންދާ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ އައިޓީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށްޓަކައި ބޭނުންވާ ތަކެތި ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އިޢުލާން

 

 މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންގެންދާ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ބޭނުންވާ އައިޓީ އިންފްރާސްޓްރަކްޗަރ ޤާއިމުކުރުމަށްޓަކައި ބޭނުންވާ ތަކެތި ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 24 ނޮވެމްބަރ  2020 ވާ  އަންގާރަ ދުވަހުން ފެށިގެން 03  ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ  މެންދުރުފަހު 13:30 ގެ  ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 07 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 03 ޑިސެމްބަރ  2020 ވާ ބުރާސްފަތި ދުވަހު ހެނދުނުު 14:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

                                8 ރަބީޢުލް ޢާހިރު  1442

24 ނޮވެންބަރު 2020
ހޯދާ