ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
ދ.އަތޮޅު މަދަރުސާގައި ހުރި ބައުވެ ހަލާކުވެފައިވާ ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔުން

ޢިއުލާން

 

 

 

ނީލަމާއިބެހޭ މަޢުލޫމާތު

 

                      ދ.އަތޮޅު މަދަރުސާގައި ހުރި ބައުވެ ހަލާކުވެފައިވާ ތިރީގައި މިދަންނަވާ ތަކެތި ނީލަންކިޔުން އޮންނާނީ 03 ޑިސެމްބަރ 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގައި ދ. އަތޮޅު މަދަރުސާގެ ގޯތިތެރޭގައެވެ. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ ތަފްސީލް ތިރީގައި އެވަނީއެވެ.

#

އަދަދު

މުދާ

އިންވެންޓްރީ ނަންބަރ

1

07

ގަނޑު ލައިސާޓިނު 18 ފޫޓުގެ  

GS31--2005-07-30-02

2

07

ގަނޑު ލައިސާޓިނު 18 ފޫޓުގެ

GS31--2005-07-30-02

3

07

ގަނޑު ލައިސާޓިނު  3 ފޫޓުގެ 

GS31--2005-07-30-02

4

08

ބިއްގަނޑު

GS31--2005-01-01-05

5

4

ދަގަނޑު ތަނބު

GS31--2005—01-01-05

6

04

ދަގަނޑު ފައިދަށް ހިމެނޭ ގިއުގަނޑު

GS31--2005-01-01-05

7

03

އެސްލޯހޮޅި 12 ފޫޓު 

GS31--2005-07-30-05

8

01

ކަޅުހަން 2500 ލިޓަރ

GS31—2005-07-03-05

 

ނީލަންކިޔުމުގެ އުސޫލު

v     ނީލަން ކިޔާ ތަކެތި ބައިބަޔަށް (ލޮޓު) ބެހުމަށްފަހު، ކޮންމެ ލޮޓަކަށް ނީލަން ނަންބަރެއް ދެވިފައި ހުންނާނެއެވެ. އަދި ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް، ނީލަން ނަންބަރު ފެންނާނެހެން، ކޮންމެ ލޮޓެއްގައި ހުންނާނެއެވެ.

v     ނީލަމެއް ކުރިއަށް ގެންދާނީ މަދުވެގެން 3 ބައިވެރިންގެ ހާޒިރުގައެވެ. ނަމަވެސް ތިން ބައިވެރިން ހަމަ ނުވާނަމަ، ދެވަނަ ފަހަރަށް އިޢުލާނުކޮށް، 2 ނުވަތަ 1 ބައިވެރިންގެ ހާޒިރުގައި، ކަނޑައަޅާފައިވާ ގަޑީގައި ނީލަން ކުރިއަށް ގެންދެވޭނެއެވެ.

v     ނީލަމުގައި ހުށަހަޅާ އަގުތައް، ނީލަމުގައި ބައިވެރިވާ ފަރާތްތަކަށް ހިނދުން ހިނދަށް އެންގޭނެއެވެ. ނީލަމުގެ ބައިވެރިޔަކު އަގެއް ހުށަހަޅައި، އެއަގަށްވުރެ މަތީއަގެއް ހުށަހެޅުމުގެ ފުރުސަތު 3 ފަހަރު ދިނުމުންވެސް، އިތުރު އަގެއް ނީލަމުގައި ބައިވެރިވެފައިވާ އެހެން ފަރާތަކުން ހުށަނާޅައިފިނަމަ، އެ އަގު ހުށަހެޅި ފަރާތުން އެ ނީލަން ކާމިޔާބު ކުރީކަމުގައި ނިންމޭނެއެވެ.

v     ނީލަން ނިމުނުގޮތް، ނީލަމުގައި ބައިވެރިވި ފަރާތްތަކުގެ ހާޒިރުގައި އިޢުލާނުކޮށް، ނީލަން ކާމިޔާބުކުރި ފަރާތަށް، "ނީލަން ކާމިޔާބުކުރިކަން އަންގާ ލިޔުން" ހަވާލުކުރެވޭނެއެވެ.

v     ނީލަން ކާމިޔާބުކުރި ފަރާތުން، ނީލަން ކާމިޔާބުކުރި އަގު، ނީލަން ނިމޭ ދުވަހުން ފެށިގެން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި ދ. އަތޮޅުމަދަރުސާއަށް ދައްކައި ޚަލާޞްކުރަންވާނެއެވެ. އަދި ނީލަން ކާމިޔާބުކުރި ފަރާތަށް މުދާ ހަވާލުކުރެވޭނީ ނީލަމުގެ އަގު ދެއްކުމަށްފަހުގައެވެ. ނީލަން ކާމިޔާބުކުރި ފަރާތަށް އެ މުދަލުގެ މިލްކުވެރިކަން ބަދަލުވާނީ ނީލަމުގެ އަގު ދައްކައި ޚަލާޞްކުރުމުންނެވެ. ނީލަން ކާމިޔާބުކުރި ފަރާތުން އެ މުއްދަތުގެ ތެރޭގައި ފައިސާ ދައްކައި ޚަލާޞްނުކޮށްފިނަމަ، އެ މުދަލެއް އަލުން ނީލަންކިޔުމަށް އިއުލާނުކުރެވޭނެއެވެ. ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި، ނީލަމުން ތަކެތި ކާމިޔާބު ކުރެއްވުމަށްފަހު ނުގެންދެވި ފަރާތަށް ބައިވެރި ނުވެވޭނޭ ކަމުގައި ދެންނެވީމެވެ.

09 ރަބީޢުލްއާޚިރު   1442   

24 ނޮވެމްބަރ     2020

24 ނޮވެންބަރު 2020
ހޯދާ