މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

އިޢުލާން

މުވައްޒަފުން ބޭނުންވެއްޖެ:

                މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ޑިވިޜަންށް  ބޭނުންވާ މަޤާމުތައް:

މަޤާމް:

ސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު:           

  • 20

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • މުސާރަ 6500/-
    • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސް.
    • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • ·         މާލެ ސަރަހައްދު

ޝަރުޠު                 

  • ޖީސީއީ އޯލެވެލް ގެ 3 މާއްދާއިން ފާސްވެފައިވުން ނުވަތަ 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
  • މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • މިމަޤާމުގެ މަސްޢޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

 

ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަނަށް ބޭނުންވާ މަޤާމުތައް.

މަޤާމް:

އެސިސްޓަންޓް ސަރވޭއިންގ އޮފިސަރ  

ބޭނުންވާ އަދަދު:           

  • 1

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).

  • -/9100ރ (މަހަކު)
  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ : 1100/-
  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވާނަމަ  2200/-
    • އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގައި ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

ހަމަޖެހިފައިވާ އުޞޫލުގެ މަތީން ރިޓަޔަރމަންޓް ޕެންޝަން ސްކީމް ލިބިދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީ ޓަވަރ/ އެމްޓީސީސީ ސައިޓް ތަކުގައި

ޝަރުޠު                 

  • ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުގެ މަދުވެގެން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑަށްވުރެ މަތިން ލިބިފައިވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރެވޭނެ ސިއްޚަތު ރަގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކޮންސްޓްރަކްޝަން ޕްރޮޖެކްޓްސް ހިންގުމުގެ މަސައްކަތަށް ބޭނުންވާ ސަރވެއިންގ ގެ މަސައްކަތަކުގައި  ޕްރޮޖެކްޓް ސައިޓްތަކުގައި އަމަލީ ގޮތުން ބައިވެރިވެ މި މަސައްކަތްކުރުން.
  • ޑިޕާޓްމަންޓްގެ ސަރވޭއިން ޔުނިޓްގައި ދުވަހުންދުވަހަށް ނިންމަންޖެހޭ ކަންތައްތަކުގައި އެހީތެރިވުން.
  • ސަރވޭ ލޮގް ރެކޯޑްސް ބެލެހެއްޓުމާއި ރިޕޯޓްކުރުން. 

މަޤާމް:

ޑްރާފްޓްސް ޕާސަން

ބޭނުންވާ އަދަދު:           

  • 1

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • 11,420/- ރ
  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ : 1320/-
  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވާނަމަ  2640/-
    • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ.
    • ސްޓާފް މެޑިކަލް އިންޝުއަރެންސް.
    • ޕެންޝަން ސްކީމް

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓިސީސީ ޓަވަރ

ޝަރުޠު                 

  • ބެޗެލަރސް އިން އާކިޓެކްޗުއަލް ސައިންސް ހާސިލްކޮށްފައިވު ނުވަތަ މަޤާމައި ގުޅޭ ދާއިރާގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން،
  • މައިކްރޮސޮފްޓް އޮފިސް ޕެކޭޖްއާއި އޮޓޯކޭޑްއަށް ފަރިތަވުން އަދި ފޮޓޯޝޮޕް ދަންނަފަރާތްތަކަށް އިސްކަންދެވޭނެ.
  • ޕްލޭނިންގ ޓޫލްސްއަށް ފަރިތަވުން.
  • ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި ދިރާސާ ކުރުމުގެ ހުނަރު އަދި ޑްރާފްޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • އިގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުއާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
    • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.

ވަޒީފާގެ މަސްޢޫލިއްޔަތުތައް:

  • މިމަޤާމުގެ މަސްޢޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/    އިން ފެންނަން ހުންނާނެއެވެ.

މަޤާމް: 

އެސިސްޓެންޓް ސުޕަވައިޒަރ

ބޭނުންވާ އަދަދު:             

  • 01 

ވަޒީފާގެ ބާވަތް: 

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު) 

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).          

  • -/7,600ރ (މަހަކު) 
  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވާނަމަ : 1100/-
  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވާނަމަ  2200/-
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ. 
  • ސްޓާފް މެޑިކަލް އިންޝުއަރެންސް. 
    • ޕެންޝަން ސްކީމް. 

ވަޒިފާ އަދާކުރަންޖެހޭ ތަން: 

  • އެމްޓީސީސީ ޓަވަރ 

ޝަރުޠު:                   

  • ޖީސީއީ އޯ ލެވެލް ފުރިހަމަކޮށްފައި ވުމާއިއެކު ކޮންސްޓްރަކްޝަން ދާއިރާގެ ސުޕަރވައިޒަރ ފެންވަރުގެ މަޤާމެއްގައި މަދުވެގެން 01 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި ޤާބިލްކަން ހުރުން.
    • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްޙަތު ރަގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: 

  • މިމަޤާމުގެ މަސްޢޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

މަޤާމް:

 ސުޕަވައިޒަރ

ބޭނުންވާ އަދަދު:           

  • 03

ވަޒީފާގެ ބާވަތް:

  • ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު.)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).          

  • 9420/-
  • އިތުރު ގަޑީގައި ކުރާ މަސައްކަތަށް ހަމަޖެހިފައިވާ އުޞޫލުގެ ދަށުން އިތުރުގަޑީގެ ފައިސާ
  • ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 1,320 ރ.
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
    • ޕެންޝަން ސްކީމް.
  • ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 2،640ރ ނުވަތަ

ވަޒީފާ އަދާކުރަންޖެހޭ ތަން:

  • ކުންފުނިން ކަނޑައަޅާ ޕްރޮޖެކްޓް ސައިޓެއްގައި

ޝަރުޠު                 

  •   ސިވިލް އިންޖިނިއަރިންގ ނުވަތަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލް ކޮށްފައިވުން. ނުވަތަ؛
  • ޖީސީއީ އޯ ލެވެލް ފުރިހަމަކޮށްފައި ވުމާއިއެކު ކޮންސްޓްރަކްޝަން ދާއިރާގެ ސުޕަރވައިޒަރ ފެންވަރުގެ މަޤާމެއްގައި މަދުވެގެން 3 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއި ޤާބިލްކަން ހުރުން.
  •   ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • ކުންފުނިން އަތޮޅު ތެރޭގައި ހިންގާ ޕްރޮޖެކްޓް ސައިޓުތަކުގެ ތެރެއިން ހަވާލުކުރެވޭ ޕްރޮޖެކްޓް ސައިޓެއްގައި މަސައްކަތް ހިގަމުންދާގޮތް ބެލެހެއްޓުމާއި، ޑިވިޜަންގެ އިރުޝާދުގެ ދަށުން ޝެޓިއުލްއާއި އެއްގޮތައް މަސައްކަތްކުރުން.
  •   ސައިޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ އެންމެހައި ކަންތައް ބެލެހެއްޓުން.

ލޮޖިސްޓިލް އޮޕަރޭޝަންސް ޑިވިޜަނަށް ބޭނުންވާ މަޤާމުތައް.

މަޤާމް:

ސެކަންޑް އިންޖިނިއަރ

ބޭނުންވާ އަދަދު:           

  • 01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).          

  • -/35،440ރ (މަހަކު) 
  • ވޮޔޭޖް އެލަވަންސް 3000/-
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އިންޓަރނޭޝަނަލް ޓަގު  (މާލެ/އިންޑިއާ/ސްރީ ލަންކާ /މެލޭޝިޔާ އާއި ދެމެދު ދަތުރުކުރާ ޓަގު)

ޝަރުޠު:                 

  • މަޤާމުގެ ކޮމްޕީޓެންސީ ސެޓްފިކެޓް ލިބިފައިވުން.
  • މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ކޮމިއުނިކޭޝަންގެ ޤަވާޢިދާއި އެއްގޮތަށްވާގޮތަށް ހޯދަންޖެހޭ ސެޓްފިކެޓްތަކާއި ހަދަންޖެހޭ ތަމްރީންތައް ހަދާފައިވުން.
  • އުމުރުން 65 އަހަރަށްވުރެ މަތީފަރާތަކަށް ނުވުން.
  • މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގި ކަމާއެކު މަސައްކަތްކުރާ ސިއްހަތު ރަގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: 

  • މިމަޤާމުގެ މަސްޢޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

 

އައި.ސީ.ޓީ ޑިވިޜަންށް ބޭނުންވާ މަޤާމުތައް:

މަޤާމް:

މެނޭޖްމަންޓް އިންފޮމޭޝަން ސިސްޓަމް އޮފިސަރ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • މުސާރަ 10,700.00
  • ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 2880.00ރ
  • ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 1,440.00ރ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީސީ ޓަވަރ

ޝަރުޠު                 

  • ކޮމްޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ  ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން  ޑިގްރީ ހާސިލްކޮށްފައިވުމާއިއެކު 02 އަހަރުގެ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ކޮމްޕިއުޓަރ ސައިންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ސިސްޓަމް އެޑްމިނިސްޓްރޭޝަން ނުވަތަ މަގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުމާއިއެކު 03 އަހަރުގެ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން އަދި ގާބިލްކަން ހުރުން.
  • ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • މިމަޤާމުގެ މަސްޢޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

 

 

ހިއުމަން ރިސޯސް ޑިވިޜަނަށް ބޭނުންވާ މަޤާމުތައް:

މަޤާމް:

ހިއުމަން ރިސޯސް އޮފިސަރ

ބޭނުންވާ އަދަދު:           

01

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓް ގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

މުސާރައާއި ޢިނާޔަތްތައް: (މުސާރައިގެ ޢަދަދު ބަޔާންކޮށްފައިވަނީ އަސާސީ މުސާރައާއި އެހެނިހެން އެލަވަންސްތަކާއެކުގައެވެ).        

  • މުސާރަ 8100/-
  • ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 7 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 2640/-ރ
  • ގުޅޭ ދާއިރާއަކުން އެމް.އެން.ކިއު.އެފް ލެވެލް 5 ގެ ސަނަދެއް ޙާސިލްކޮށްފައިވާނަމަ 1320/-ރ
  • ސްޓާފް މެޑިކަލް އިންޝުއަރެންސް.
  • ޕެންޝަން ސްކީމް.

ވަޒިފާ އަދާކުރަންޖެހޭ ތަން:

  • އެމްޓީސީސީ ޓަވަރ

ޝަރުޠު                 

  • ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ  ގުޅޭ ދާއިރާއަކުން ޑިގްރީ ޙާސިލްކޮށްފައިވުމާއިއެކު ، މި ދާއިރާގައި މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ
  • ހިއުމަން ރިސޯސް މެނޭޖްމަންޓް ނުވަތަ  ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ޙާސިލްކޮށްފައިވުމާއިއެކު ، މި ދާއިރާގައި މަދުވެގެން 03 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް

  • މިމަޤާމުގެ މަސްޢޫލިއްޔަތުގެ ތަފްސީލް ކުންފުނީގެ ވެބްސައިޓް https://mtcc.mv/careers/  އިން ފެންނަން ހުންނާނެއެވެ.

 

އިންޓަރވިއު:

  • މަގާމުތަކަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން 30 ނޮވެންބަރ 2020 ން 12 ޑިސެންބަރ 2020 އާއި ދެމެދު ކުރިއަށް ގެންދެވޭނެއެވެ.

 

ވީމާ, މިމަޤާމްތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެމް.ޓީ.ސީ.ސީ.ގެ އޮންލައިން ޖޮބް އެޕްލިކޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯ “[email protected]”  އަށް 29 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 00:00 އެޕްލިކޭޝަން ހުށަހަޅަންވާނެއެވެ.

ވެބްސައިޓް:  https://mtcc.mv/careers/

ފޯން: 3001127/ 3001120 / 3001149 

  

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ ހުށަހަޅާއިރު، އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށައަޅާފައިވާނަމަ، އިންޓަވިއުއަށް ހާޟިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
  • އިންޓަވިއު އަށް ދައުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓްވާ ފަރާތްތަކަށެވެ. މަތީގައި ބަޔާންކޮށްފައިވާ މުއްދަތުގައި ކުންފުނިން އިންޓަވިއު އަށް ދައުވަތު ދީފައިނުވާނަމަ އެއިގެ މާނައަކީ މަޤާމަށް ޝޯޓްލިސްޓް ނުވަނީއެވެ.
  •  ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރެކޯޑެއް އޮތް ނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ވަޒީފާ ނުދިނުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.

                                 

 

 

24 ނޮވެންބަރ 2020

24 ނޮވެންބަރު 2020
ހޯދާ