ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޯއިމަންޓް ވަޒީފާގެ ފުރުޞަތު (އިމާމު-މުދިމު)

ހޯނޑެއްދޫ މިސްކިތްތަކުގެ އިމާމުންނާއި މުދިމުން އަހަރީ ޗުއްޓީ، ސަލާމް، ޢާއިލީ ޒިންމާގެ ޗުއްޓީ އަދި އެހެނިހެން ޗުއްޓީގައި ތިއްބަވާ ދުވަސްތަކުގައި ހޯނޑެއްދޫ މިސްކިތް ތަކުގައި ބަންގިގޮވުމާއި ޖަމާޢަތުގައި އިމާމްވެ ނަމާދު ކޮށްދޭނެ އިމާމުން / މުދިމުން 6 (ހައެއް) މަސްދުވަހުގެ މުއްދަތަށް ވޭޖް އެމްޕްލޯއިމަންޓް އުޞޫލުގެ ދަށުން ބޭނުންވެއްޖެއެވެ.

މަގާމް:

އިމާމު،މުދިމު

ބޭނުންވާ އަދަދު

03

މަގާމުގެ ގިންތި

ވޭޖް އެމްޕްލޯއިމަންޓް (ވަގުތީ)

މަގާމު އޮތް އޮފީސް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ( ހޯނޑެއްދޫ ކައުންސިލް އިދާރާ)

ވަޒީފާއަދާކުރަންޖެހޭ ތަން

ގދ.ހޯޑެއްދޫ މިސްކިތް ތަކުގައި

މަގާމުގެ ރޭންކް، ގުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު އަދި މަސައްކަތްކުރާ ގަޑިއިރަކަށްޖެހޭ ފައިސާގެ އަދަދު

މަގާމް

ވަޒީފާގެ ޝަރުތު

ރޭންކް

ދުވާލަކު މަސައްކަތް ކުރަންޖެހޭ ގަޑީގެ އަދަދު

މަސައްކަތްކުރާ ގަޑިއަކަށް

އިމާމު

ސަނަދު އޮންނަ މީހަކަށް

GS3

5 ގަޑިއިރު

61.00 ރުފިޔާ

މުދިމު

ސަނަދު ނެތް މީހަކަށް

GS1

5 ގަޑިއިރު

53.00 ރުފިޔާ

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  1. މިސްކިތު އިމާމުން ޗުއްޓީ ނެގުމުން (އަހަރީޗުއްޓީ، ސަލާމް، ޢާއިލީ ޒިންމާގެ ޗުއްޓީ އަދި އެހެނިހެން ޗުއްޓީގައި ހުންނަ ދުވަސްތަކުގައި) ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތިން ހޯނޑެއްދޫގެ މިސްކިއްތަކުގައި ބަންގިގޮވުމާއި، ޖަމާޢަތުގައި އިމާމްވެ ނަމާދުކުރުން.
  2. ކައުންސިލް އިދާރާއިން ހަމަޖައްސާ ގޮތެއްގެމަތިން އިމާމްވެ ކޭތަނަމާދާއި ކަށުނަމާދު ކުރުން.
  3. މިސްކިތުގެ ސައުންޑު ސިސްޓަމް ބެލެހެއްޓުމާއި ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަން ރަށުކައުންސިލްގެ އިދާރާއަށް އެންގުން.
  4. މިސްކިތު މަސައްކަތު މީހުންގެ ޙާޟިރީ ޗެކްކޮށް ސޮއިކުރުން.
  5. މިސްކިތު މަސައްކަތު މީހުން ހާޒިރުނުވާ ވަގުތުތަކުގައި މިސްކިތުގެ ފަންކާތަކާއި ބޮކިތައް ދިއްލުމާއި ނަމާދުކޮށް ނިމިގެންދަމުން ބޮކި، ފަންކާ، އޭސީ، ހޮޅިބުރި ނިއްވައި ދޮރުފަތް ލެއްޕުން.

މަގާމުގެ ޝަރުޠު:

  1. އިމާމް ކަމުގެ ސެޓްފިކެޓް ލިބިފައިވުން، ނުވަތަ؛
  2. މުދިމްކަމުގެ ސަނަދު ލިބިފައިވުން، ނުވަތަ؛
  3. ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން، ނުވަތަ؛
  4. ދީނީ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 އަށްވުރެ މަތީ ސަނަދެއް ލިބިފައިވުން، ނުވަތަ؛ 
  5. ބަންގި ގޮވައި، އިމާމުވެ ނަމާދުކުރަން އެނގޭތޯ ބެލުމަށް ކުރެވޭ އިންޓަވިއު އިން ފާސްވުން. (މި ޝަރުޠު ހަމަވޭތޯ ބަލާނީ މަޤާމަށް ޝައުޤުވެރިކަން ފާޅުކޮށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަތީގައި ބަޔާންކޮށްފައިވާ އެއްވެސް ސަނަދެއް ލިބިފައި ނުވާ ފަރާތްތަކަށެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދިވަޑައިގަންނަވާ ސިޓީ.
  2. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އދި ލިޔެފައިވާ ލިޔުންތައް ކިޔަންއެގޭ ފަދަ ކޮޕީއެއް.
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ  އޮފީހުގެ ލިޔުން.
  4. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓް ތަޖުގެ ކޮޕީ.
  5. ރާއެޖޭގެ ރަޖިސްޓްރީކޮށްގެން ހިންގާ މަތީތައުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރްގްރާމްތަކުގެ ކޮޕީ ނުވަތަ ކޯސްފުރިހަމަ ކޮށްފައިވާ ކަމުގެ ލިޔުން.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  2020 ނޮވެމްބަރ 30 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ގދ. ހޯނޑެއްދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއިއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައިނުވާނަމަ އެޕްލިކޭޝަން ފޯމު ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި ޕްރެކްޓިކަލްސް އޮންނާނީ، 01 ޑިސެމްބަރ 2020 އިން 10 ޑިސެމްބަރ 2020 އާއިދެމެދު ގދ. ހޯނޑެއްދޫ ކައުންސިލްގެ އިދާރާގައެވެ. ވީމާ، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ. (އިންޓަވިއުގެ ތާރީޚާއި ގަޑިއަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް މިއިދާރާ އިން އަންގާނެއެވެ.)

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މިއިޢްލާނާއި ގުޅިގެން މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6840015 ނަންބަރު ފޯނާއިއެވެ. ފެކްސް ނަންބަރ 6840015 އަދި އީމެއިލް އެޑްރެހަކީ [email protected]  އެވެ.

23 ނޮވެންބަރު 2020
ހޯދާ