މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ޒޯން 4 އަދި 5 ގައި ހިމެނޭ މީހުން ދިރުއުޅޭ 14 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑްކުރުމަށް ބޭނުންވާ ތިމާވެށީގެ އަދި އިޖުތިމާއީ ދިރާސާ (އެންވަޔަރަންމަންޓް އަދި ސޯޝަލް އެސެސްމަންޓް) ތައް ހެދުމަށް ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ޒޯން 4 އަދި 5 ގައި ހިމެނޭ މީހުން ދިރުއުޅޭ 14 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑްކުރުމަށް ބޭނުންވާ ތިމާވެށީގެ އަދި އިޖުތިމާއީ ދިރާސާ (އެންވަޔަރަންމަންޓް އަދި ސޯޝަލް އެސެސްމަންޓް) ތައް ހެދުމަށް ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ދިވެހިރާއްޖެއަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށްޓަކައި ވޯރލްޑް ބޭންކުގެ ހިލޭ އެހީގައި މި މިނިސްޓްރީއިން ހިންގާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓްގެ ދަށުން، ޒޯން 4 (މ.ފ.ދ އަތޮޅު) އަދި 5 (ތ.އަދި ލ.އަތޮޅު) ގައި ހިމެނޭ، މީހުން ދިރިއުޅޭ 14 ރަށެއްގެ ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ބޭނުންވާ ތިމާވެށީގެ އަދި އިޖުތިމާއީ ދިރާސާތައް (އެންވަޔަރަންމަންޓް އަދި ސޯޝަލް އެސެސްމަންޓް) ހެދުމަށް ކޮންސަލްޓެންސީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިދިރާސާތައް ހެދުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލު ތިރީގައި ބަޔާންކުރަމެވެ.

  • އިންވެސަލް ކޮމްޕޯސްޓިންގ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކާދުތައްޔާރުކުރުމަށް ހުށަހަޅާފައިވާ ކޮންސެޕްޓަށް ބިނާކޮށް 14 ރަށެއްގެ ކުނީގެ ވަޞީލަތް މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑްކުރުމަށް ބޭނުންވާ ތިމާވެށީގެ މެނޭޖްމަންޓް ޕްލޭން (އީ.އެސް.އެމް.ޕީ) ތައްޔާރުކުރުން.

ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. 

މިމަސައްކަތުގެ ޓަރމްސް އޮފް ރިފަރަންސް (ޓީ. އޯ. އާރް) ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ޓީ. އޯ. އާރް ގައި ބަޔާންކުރެވިފައިވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލުމަށް ހުށަހަޅަން ޖެހޭ ލިއެކިއުންތައް:

  • ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
  • މި މަސައްކަތަށް ޝައުގުވެރިވާ ފަރާތުގެ ކުންފުނީގެ ޕްރޮފައިލް  - ފާރމެއްގެ ގޮތުގައި މިދާއިރާގައި ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލު ރަނގަޅަށް އެނގޭނެހެން ލިޔެފައި ހުންނަންވާނެއެވެ. އަދި ކުރީގައި މިފަދަ ޚިދުމަތްތައް ފޯރުކޮށްދީފައިވާ ތަންތަނުން ދީފައިވާ ތަޖުރިބާގެ ލިއުންތައް ހިމަނަންވާނެއެވެ.
  • ޓީމްގައި ހިމެނޭ މެމްބަރުންގެ ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި (ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ އެޓެސްޓް ކޮށްފައި ހުންނަންޖެހޭނީ ސެޓްފިކެޓްގެ އެކްރެޑިޓް ކޮށްފައިވާ އަސްލުގެ ކޮޕީ އެއްގައެވެ.)
  • މިއެސައިންމަންޓް ހިންގައި ތަންދީޛު ކުރާނެ ގޮތުގެ ޕްލޭން – މިޕްލޭންގައި ކޮވިޑް19 ގެ ޙާލަތާއި ގުޅިގެން ދިމާވެދާނެ ކަންކަމަށް ރިއާޔަތްކޮށް މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ ކޮންޓިންޖެންސީ ޕްލޭނެއްވެސް ހުށަހަޅަންވާނެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 29 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ، ޝަރުޠުހަމަވާ ފަރާތްތަކުން  07 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 13:00 ކުރިން ތިރީގައިވާ އެޑްރެހަށް  އީމެއިލް މެދުވެރިކޮށް "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުއްވުންއެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

 

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް

ހަނދުވަރީ ހިނގުން، މާފަންނު

މާލެ، ދިވެހިރާއްޖެ.

ނަންބަރު: +960 3018441 , +960 3018451

އީމެއިލް:  [email protected]

23 ނޮވެންބަރު 2020
ހޯދާ