އިސްދޫ ކަލައިދޫ ސްކޫލް
ދިވެހިރާއްޖެ
މި ސްކޫލުގެ ސެކިއުރިޓީ 01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 އަށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް

މި އިޢުލާންވަނީ 02 ޑިސެންބަރު 2020 11:54 ގައި ބާތިލް ކުރެވިފައެވެ.


އިޢުލާން

މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

1. މި ސްކޫލުގެ ސެކިއުރިޓީ 01 ޖެނުއަރީ 2021 އިން 31 ޑިސެމްބަރ 2021 އަށް ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ. މިމަސައްކަތަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނުގެ (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނުގެ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މިމަސައްކަތަށް  ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

2. މިބީލަންމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 23 ނޮވެމްބަރ 2020 ން 30 ނޮވެމްބަރ 2020  އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 12:30 އަށް މިސްކޫލުގެ އިދާރާ އަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީ ކުރުމަށް ތިރީގައި ދެންނެވިފައިވާ އެޑްރެސްއަށް ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރީ ކޮޕީ، ފޯން ނަންބަރ، ގުޅޭނެ ފަރާތެއްގެ މަޢުލޫމާތު، 30 ނޮވެމްބަރ 2020 ވާ ހޯމަ ދުވަހުގެ 12:30 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ.

3. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށް އެކަންޏެވެ.

5. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 1 ޑިސެމްބަރ 2020 ވާ  އަންގާރަ ދުވަހުގެ 10:00  ގައި މި ސްކޫލުގައެވެ.

4. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 06 ޑިސެމްބަރ 2020 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

5. ބީލަން ހުށައެޅުމާއި ހުޅުވުން އޮންނާނީ  07 ޑިސެމްބަރ 2020 ވާ ހޯމަ ދުވަހުގެ 10:00 ގައި އިސްދޫ ކަލައިދޫ ސްކޫލުގައެވެ.

މިޕްރޮޖެކްޓާއި ގުޅޭ ބީލަންފޮތް އިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

           އިސްދޫ ކަލައިދޫ ސްކޫލް

           ފޯން: 6800743

           އީ-މެއިލް: [email protected]

23 ނޮވެންބަރު 2020
ހޯދާ