ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އޮތޯރިޓީގެ ވެބްސައިޓް އަޕްގްރޭޑްކޮށްދޭނެ ފަރާތެއް ހޯދުން

މި އޮތޯރިޓީގައި މިހާރު ބޭނުންކުރާ ވެބްސައިޓް އަޕްގްރޭޑްކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކްގައިވާ ޓީ.އޯ.އާރާ އެއްގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބާއެކު ލިންކްގައިވާ ޗެކްލިސްޓްވެސް ހުށަހެޅުއްވުން އެދެމެވެ.

shorturl.at/denFQ

މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 1 ޑިސެންބަރު 2020 ވާ އަންގާރަ ދުވަހު މެންދުރު 12:00 އަށް މި އޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު މެންދުރު 12:00 ގެ ފަހުން އަންދާޒީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މި ފުރުޞަތު ދެވެންނެތް ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުނަމަ [email protected] އަށް ސުވާލުތައް ފޮނުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ހުޅުވުމުގެ ބައްދަލުވުމުގައި ހާޒިރުވެ ބައިވެރިވެވަޑައިގެންނެވޭނީ ފުރަތަމަ ހުށަހަޅުއްވާ 5 ފަރާތަށެވެ. އެހެން ފަރާތްތަކަށް ޒޫމް މެދުވެރިކޮށް ވަރޗުއަލްކޮށް މިބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނެއެވެ. އަންދާސީ ހިސާބުތައް ބަލައިގަތުން ކުރިއަށްދާނީ 1 ޑިސެންބަރު  2020ވާ އަންގާރަ ދުވަހު ހެދުނު 11:45އިން ފެށިގެން ތިރީގައިވާ އެޑްރެހުންނެވެ.

 

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

3 ވަނަ ފަންގިފި ލާ، ހ. އޯކިޑް،

އަމީރު އަޙްމަދު މަގު، މާލެ

ފޯނު: 3336619

                        8 ރަބީޢުލްއާޚިރު 1442  

                        23 ނޮވެންބަރު 2020

23 ނޮވެންބަރު 2020
ހޯދާ