މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
19 ހޮޅި ދަނޑި ހަދައިދޭނެ ފަރާތެއް ހޯދުން

މިއިދާރާއިން ދޭ މައުލޫމާތާ އެއްގޮތަށް އަމިއްލަ ތަކެތީގައި 19 ހޮޅިދަނޑި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 26 ނޮވެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 10.30 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެވުމަށްފަހު 06 ޑިސެންބަރު 2020 ވާ އާދީއްތަ ދުވަހުގެ 10:30 ގައި އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ހުށަހަޅާ ފަރާތުގެ ސިޓީއަކާއި އައި.ޑީކާޑު ކޮޕީ ފޮނުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ ހުށަހެޅުންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.  

ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

22 ނޮވެންބަރު 2020
ހޯދާ