ވޭމަންޑޫ ސްކޫލް/ ތ.ވޭމަންޑޫ
ދިވެހިރާއްޖެ
ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 1 ޑިސެމްބަރ 2020 ވާ  އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 6 ޑިސެންބަރ 2020 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް، ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭގަޑީގައި މަޢުލޫމާތު ނެގޭނީ ޙާޟިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 (އެކެއް)  ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަން ވާނެއެވެ.

މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މީގެ އިތުރުން، މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުންނާއި އަންދާސީހިސާބު ހުށަހެޅުމަށް އޮންނަ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

8 ރަބީއުލްއާޚިރު 1442

22 ނޮވެމްބަރ  2020

22 ނޮވެންބަރު 2020
ހޯދާ