ބޮޑުފޮޅުދޫ މަދަރުސާ
ދިވެހިރާއްޖެ
2021 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުން

 

 

                                                           ނަންބަރ:GS149/IUL-2020/06

އިޢުލާން

2021 ވަނަ އަހަރަށް ސްކޫލުގެ ސެކިޔުރިޓީ ބަލަހައްދައިދޭނެ ފަރާތެއް ހޯދުން

 ކޮންޓްރެކްޓް އުސޫލުން 2021 ވަނަ އަހަރަށް  މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ  ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ވީމާ، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމުގެ މަސައްކަތް ކޮށް ދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ

މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2020 ނޮވެމްބަރ 22 އިން 30 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް ބޮޑުފޮޅުދު ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2020 ނޮވެމްބަރ 30 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ

 މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2020 ޑިސެމްބަރ 01 ވާ އަންގާރަ ދުވަހުގެ 13:00 ގައި ބޮޑުފޮޅުދޫ ސްކޫލް ގެ ލައިބްރަރީ ގައެވެ

ބިޑް ހުޅުވުން އޮންނާނީ 2020 ޑިސެމްބަރ 7 ވާ ހޯމަ ދުވަހުގެ 13:00 ގައި ބޮޑުފޮޅުދޫ ސްކޫލްގެ ގެ ލައިބްރަރީ  ގައެވެ.

 ނޯޓް : ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ

ބޮޑުފޮޅުދޫ ސްކޫލް/ އއ.ބޮޑުފޮޅުދޫ

ފޯން:  6660841

އީ-މެއިލް [email protected]

22 ނޮވެމްބަރ 2020

22 ނޮވެންބަރު 2020
ހޯދާ