ހުވަދުއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ދާންދޫ އެއްގަމުފަސްގަނޑާއި ގުޅުވައިގެން ޤާއިމުކުރާ ފަތާފެންގަނޑު ހެދުމުގެ މަސައްކަތާބެހޭ

ނަންބަރ: (IUL)241-B/241/2020/28

 

 

             އިއުލާން

 

ދާންދޫ،އިރުމަތީ ފަރާތުން ރަށުގެ އެއްގަމު ފަސްގަނޑާއި ގުޅުވައިގެން ޤާއިމް ކުރާ ދާންދޫ ފަތާ ފެންގަނޑުގެ ހެދުމުގެ މަސައްކަތާ ބެހޭ:

 

ގއ. ދާންދޫ ކައުންސިލާއި ، މިކައުންސިލް ގުޅިގެން ދާންދޫ އިރުމަތީ ފަރާތުން ރަށުގެ އެއްގަމު ފަސްގަނޑާއި ގުޅުވައިގެން ޤާއިމް ކުރާ ފަތާ ފެންގަނޑުގެ ހެދުމުގެ މަސައްކަތް ޤާއިމް ކުރުމަށް ދާންދޫ  ކައުންސިލުން ދޭ މައުލޫމާތާއި ޑިޒައިނާއި މިންތަކާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                     ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ނޮވެމްބަރ 2020 އިން ފެށިގެން 30 ނޮވެމްބަރ 2020 އާއި ދެމެދު ގއ. އަތޮޅު ކައުންސިލަށް ނުވަތަ ގއ. ދާންދޫ ކައުންސިލަށް ރަސްމީ ގަޑީގައި ވަޑައިގެން ބިޑާއިބެހޭ މައުލޫމާތު ހޯދުމަށްޓަކައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އީ މެއިލް މެދުވެރިކޮށް ބިޑާއި ބެހޭ މައުލޫމާތު ދެވޭނެއެވެ. މި މަސައްކަތަށް ކުރިމަތި ލެވޭނީ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ގޮތުގައި ވިޔަފާރި ކުރުމަށް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިމަސައްކަތާއި ގުޅޭ ޕްރީބިޑް މީޓިންގ އާއި ބިޑް ހުށަހަޅަންޖެހޭ ތާރީޚް ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.  

 

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ވަގުތު

 

ޕްރީބިޑް މީޓިންގ

ގއ.އަތޮޅުކައުންސިލްގެ އިދާރާ

ގއ. ދާންދޫ ކައުންސިލްގެ އިދާރާ

03ޑިސެމްބަރ 2020

ބްރާސްފަތި

13.00

ބިޑް ހުށަހެޅުން

ގއ.އަތޮޅުކައުންސިލްގެ އިދާރާ

ގއ. ދާންދޫ ކައުންސިލްގެ އިދާރާ

10ޑިސެމްބަރ 2020

ބްރާސްފަތި

13.00

                   މައުލޫމާތު ދިނުމުގެ ސެޝަނަށާއި ( ޕްރީބިޑް މީޓިންގ ) ، ބިޑް ހުށަހެޅުއްވުމަށް ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އެބައްދަލުވުންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެއެވެ.

ބިޑް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ މިންގަނޑު

-          ހުށަހަޅާ އަގަށް                                            60%

-          މުއްދަތަށް                                              10%

-          ތަޖުރިބާ އަށް                                            15%

-          މާލީ ތަނަވަސްކަމަށް                                        15%

                   މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.

                   17 ރަބީއުލްއާޚިރް    1442 ހ.

                   22 ނޮވެމްބަރ      2020 މ   

22 ނޮވެންބަރު 2020
ހޯދާ